ޔަހޫދީ އަމަލެއް: އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ބެލުމުގެ ކުށުގައި ޕޮލިސް އޮފިސަރު ވަކިކޮށް ދައުވާކޮށްފި

އިޒްރޭލު ފުލުހުންގެ މަތީ ފަންތީގެ އޮފިސަރަކު ޕޮލިސް ސްޓޭޝަންގެ ފާޚާނާތަކުގައި އަންހެން އޮފިސަރުންގެ ކަންކަން ބަލަން ކެމެރާ ހަރުކުރިކަމަށް ކުށް ސާބިތުވެއްޖެ ކަމަށް ޔަހޫދީންގެ ޑިޕާޓްމަންޓް ފޯ އިންޓަރނަލް ޕޮލިސް އިންވެސްޓިގޭޝަންސް އިން މިއަދު ބުނެފި އެވެ.

ސެންޓްރަލް ފްރޯޑް ޔުނިޓްގެ އިސްވެރިޔާ އޮރެން ބެން-މޯޝޭ ވަނީ އޭނާގެ ޕޮލިސް ސްޓޭޝަންގައި އަންހެން ފުލުހުން ބޭނުންކުރާ ފާޚާނާތަކުގައި ސިއްރުން ކެމެރާތައް ހަރުކުރި ކަމަށް ތަހުގީގުގައި އެއްބަސްވެފައެވެ. އަދި ބެން-މޯޝޭ ވަނީ ބަރަހަނާ ހާލު 10 އަންހެނެއްގެ ތަސްވީރުތައް ނަގައިގެން އެތަކެތި އަމިއްލަ އުފާލިބިގަތުމަށް ބޭނުން ކުރިކަމަށް ވެސް އެއްބަސްވެފައެވެ.

ން-މޯޝޭ ގެ ކޮމްޕިއުޓަރުން އޭނާ ގެންގުޅުނު ވީޑިއޯތައް ފެނިފައިވާ ކަމަށްވެސް ތަހުގީގު އިދާރާއިން ބުނެއެވެ.

މި މީހާގެ މިޖަރީމާ ބޭޒާރުވީ އަންހެން ފުލުހަކަށް ކެމެރާއެއް ހަރުކޮށްފައި ހުރިކަން އެނގިގެން އެކަން ބެން-މޯޝޭގެ ސަމާލުކަމަށް ގެނައުމުން އޭނާ އެކަމާ ދެކޮޅު ހެދުމުންނެވެ.

ޔަހޫދީ ފުލުސް އޮފިސަރުގެ މައްޗަށް ދައުލާ އުފުލައިފައ މަގާމުން ވަކިކޮށްފައި ވަނީ، އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ބެލުމުގެ ކުށް ސާބިތު ވެގެންނެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް