ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ހެލްތު ޓެކްސް ނެގުމަށް ގޮވާލައިފިއެވެ. ޑަބްލިއުއެޗްއޯއިން ވަނީ ހަކުރުބައްޔާއި ކެންސަރު ފަދަ ދިގުމުއްދަތުގެ ބަލިތަކަށް ފަހިކޮށްދޭތީ ހަކުރު އެކުލެވޭ ބުއިންތަކާއި ބަނގުރަލާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް %50 އަށް އިތުރުކުރުމަށް ގޮވާލާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ހެލްތު ޓެކްސް ނަގަން ފެށުމަށް ގޮވާލާފައެވެ. މިއީ ދުނިޔޭގެ ގައުމުތަކަށް ތަރައްގީއަށް ދޭ އެހީ މަދުވުމާއި ގައުމުތަކުގެ ދަރަނި އިތުރުވުމާ ގުޅިގެން އާމްދަނީ ހޯދުމަށް އިތުރު ފިޔަވަޅެއްގެ ގޮތުގައި ތައާރަފް ކުރާ ޓެކްސްއެކެވެ.
ޑަބްލިޔުއެޗްއޯއިން ލަފާކުރާ ގޮތުގައި މި ބާވަތްތަކަށް ނަގާ ޓެކްސް ބޮޑުކުރުމުން ދުނިޔޭގެ %70 އަށް ވުރެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބަލިތަކުގެ ބުރަ ކުޑަވެގެން ދާނެ އެވެ. އަދި އަގުތައް ބޮޑުކޮށްގެން ސަރުކާރުތަކުން އާންމު ސިއްހަތުގެ ޕްރޮގްރާމްތަކަށް ކުރާ ހޭދައަށް އިތުރު ފައިސާ ލިބިގެން ދާނެއެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ ގިނަ ގައުމުތަކުގެ ބަޖެޓު ދަތިވުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ބޮޑުވަމުން ދާ ދަނޑިވަޅެއްގައެވެ. މި ޓެކްސްތައް ދުނިޔޭގެ ފެންވަރުގައި ތަންފީޒު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޑަބްލިއުއެޗްއޯ އިން އިލްތިމާސް ކުރެ އެވެ.

