ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅުގައި މޮދީ ގާނާއަށް ވަޑައިގެންފި

ފަސް ގައުމަކަށް އިންޑިއާ ބޮޑު ވަޒީރު މޮދީ ކުރައްވާ ދަތުރުފުޅުގައި ގާނާގައި ގާނާގެ ރައީސް ޖޯން ޑްރަމަނީ މަހާމާ އެކު މަޝްވަރތައް ބާއްވަވައިފިއެވެ. މޯދީގެ މި ދަތުރަކީ 30 އަހަރު ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު ގާނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މޯދީއަށް ވަނީ ގާނާގެ އެންމެ މަތީ ޝަރަފު، ދަ އޮފިސަރ އޮފް ދަ އޯޑަރ އޮފް ދަ ސްޓާ އޮފް ގާނާ ވެސް އަރުވވާފަ އެވެ. އޭނާ މި އެވޯޑް ޚާއްސަކުރެއްވީ އިންޑއާގެ ޒުވާނުންނާއި، އެގައުމުގެ މުއްސަނދި ސަގާފީ ތަރިކައާއި، އިންޑިއާއާއި ގާނާއާ ދެމެދު އޮން ޒަމާންވީ ގުޅުމަށެވެ.

ގާނާގައި މޯދީ ވަނީ ރައީސް މަހާމާއާ އެކު މަޝްވަރާތައް ބާއްވަވައި، ވިޔަފާރިއާއި ސިއްހީ ފަރުވާއާއި ޒުވާނުންގެ ތަމްރީނުތައް ކުރިއެރުވުމަށް ހަތަރު އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ.

ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަށް ކުރައްވާ މި ދަތުރުފުޅުގައި، ގާނާގެ އިތުރުން ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އާޖެންޓީނާ، ބްރެޒިލް އަދި ނަމީބިއާ އަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ގާނާ، ނަމީބިއާ، އަދި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޕާލަމެންޓްތަކުގައި ތަގުރީރު ކުރައްވާނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް