ޓްރަމްޕާ ހެދި މީހުން ކޮފީ ބުއިން ހުއްޓާލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބްރަޒިލްގެ ޝަރީއަތަށް ނުފޯޒު ފޯރުވުމަށް އިންޒާރުދީ ބްރަޒިލްއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު އުފުލިއްޖެއެވެ.

ދުނިޔޭގައި އެންމެ ގިނައިން އަރަބިކާ ކޮފީ ބީންސް އުފައްދާ ބްރެޒިލްގެ ކޮފީއަށް 50 އިންސައްތައިގެ ބޮޑު ޓެރިފެއް ނެގުމަށް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ. އެ އިންޒާރާއެކު، ބުރާސްފަތި ދުވަހު ދުނިޔޭގެ މާކެޓްގައި ކޮފީގެ އަގު އުފުލިއްޖެ އެވެ. މިކަމުގެ ސަބަބުން ކޮފީ އިންޑަސްޓްރީއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާއިރު، ކޮންސިއުމަރުންނަށް ކޮފީ ލިބޭ އަގު ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

މިކަމުގެ ތަފްސީލަށް ބަލާއިރު، ޓްރަމްޕްގެ އިންޒާރާ ގުޅިގެން ނިއުޔޯކްގައި ޓްރޭޑްކުރާ އަރަބިކާ ކޮފީގެ ކުރިމަގުގެ ސަޕްލައިގެ ކޮންޓްރެކްޓްތައް ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ 3.5 އިންސައްތައަށް ބޮޑު ވެފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގެ ޕޯސްޓްގައި ޓްރަމްޕް ތުހުމަތުކޮށްފައިވަނީ ބްރެޒިލްގެ މިހާރުގެ ސަރުކާރުން އެގައުމުގެ ކުރީގެ ހަރުކަށި ބޯގޯސް ރައީސް ޖައިރު ބޮލްސޮނާރޯއާ ދެކޮޅަށް "ނުރައްކާތެރި ކެމްޕޭނެއް" ހިންގަމުންދާ ކަމަށެވެ. ޓްރަމްޕަކީ އަދުލު އިންސާފުގެ ހަތުރެކެވެ.

ޓްރަމްޕްގެ ޓެރިފަށް އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. ޓްރަމްޕްގެ މިނިންމުމަކީ އިންވެސްޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެއްދި ކަމެކެވެ.

ސަބަބަކީ، އަރަބިކާ ކޮފީ އުފެއްދުމުގައި ދުނިޔޭގެ އެންމެ އިސް ގައުމަކީ ބްރެޒިލް ކަމަށްވާއިރު، އެމެރިކާއަކީ ބްރެޒިލްގެ ކޮފީ އެންމެ ގިނައިން ގަންނަ ގައުމެވެ. "ފައިނޭންޝަލް ޓައިމްސް" އިން ކޮފީ ޓްރޭޑަރަކާ ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ މެސެޖަކީ "ކޮފީ އިންޑަސްޓްރީއަށް ލިބުނު ބޮޑު ސިހުމެއް" ކަމަށާއި، މި ޓެރިފްތަކުގެ ސަބަބުން ކޮންސިއުމަރުންނަށް ކޮފީ އަގުބޮޑުވާނެ ކަމަށެވެ.

މި އިންޒާރު އައިސްފައި މިވަނީ، އަރަބިކާ އަދި ރޮބަސްޓާ ކޮފީގެ އަގު މިދިޔަ އަހަރުތަކުގައި ބްރެޒިލް އަދި ވިއެޓްނާމްގައި ދަނޑުވެރިކަން ދަށްވުމުގެ ސަބަބުން ވަރަށް ބޮޑަށް އުފުލިފައިވަނިކޮށެވެ.

ހިއްސާ ކުރައްވާ!