ދެން ބޫޓު ބާލަން ނުޖެހޭނެ: އެމެރިކާގެ އެއާޕޯޓުތަކަށް އާ ސިޔާސަތެއް

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން، އެގައުމުގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ޗެކްޕޮއިންޓުތަކުން ދަތުރުވެރިންގެ ބޫޓު ބާލަން ނުޖެހޭކަމަށް ނިންމައި އާ ސިޔާސަތެއް އިޢުލާންކޮށްފިއެވެ. މި ބަދަލާއެކު ދަތުރުވެރިންނަށް ލުއިފަސޭހަވެ، އެއާޕޯޓުތަކުގައި ސެކިއުރިޓީއަށް ހޭދަވާ ވަގުތު ކުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މި އާ ސިޔާސަތު އިޢުލާން ކުރައްވަމުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ ވަޒީރު ކްރިސްޓީ ނޯމް ވިދާޅުވީ، ބޫޓު ބޭލުމުގެ ސިޔާސަތު ނިމުމަކަށް ގެނައުމަކީ އެ ޑިޕާޓްމަންޓުން އެގައުމުގެ އެއާޕޯޓުތަކުގައި ދަތުރުވެރިންނަށް ލިބޭ ތަޖުރިބާ އަދާހަމަ ކުރުމަށް ކުރާ އެންމެ ފަހުގެ މަސައްކަތް ކަމުގައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް