ނިއުޔޯކުގައި ހިނގާފައިވާ ބަޑި ޖެހުމުގެ ހާދިސާއަކީ ރޭވިގެން ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާފައިވާ ގޮތް ނޭނގޭ މަރާލުމުގެ ހާދިސާއެއް ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގާފައި ވަނީ ބްލެކްސްޓޯން އޮފީސްތައް ހުންނަ ހިސާބުގައެވެ. ބަޑި ޖަހައި މަރާލާފައިވާ އެކަކަކީ، މަޝްހޫރު ފައިނޭންޝަލް ކުންފުނި ބްލެކްސްޓޯންގެ އަންހެން އިސް އެގްޒެކެޓިވްއެއް ކަމަށްވާ ވެސްލީ ލެޕެޓްނާ އެވެ. އޭނާއަށް އަމާޒުކޮށްގެން މަރާލުމަށް ހަމަލަ ދިން މައްސަލައާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ލަފާ ކުރަނީ މިއީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ދީފައިވާ ހަމަލައެއް ކަމަށެވެ. އަދި މިކަން ކުރި ބަޔަކު ވަނީ މި ޖަރީމާ މަތިޖަހަން އުޅެފައި ކަމަށްވެސް ބެލެވެއެވެ.
ބްލޫމްބާގް ރިޕޯޓުކޮށްފައިވާ ގޮތުގައި، ލެޕެޓްނާއަކީ 53 ބިލިއަން ޑޮލަރުގެ ރިއަލް އެސްޓޭޓް މުދަލުގެ މުއާމަލާތް ހިންގުމުގައި އުޅުނު އިސް ފަރާތެކެވެ. އޭނާ މަރާލުމުގައި މާލީ ނެޓްވޯކްތަކެއް ވެސް ހިމެނިދާނެ ކަމަށް ތުހުމަތު ކުރެއެވެ. އެހެންވެ މިއީ ކުއްލިއަކަށް މޮޔަ މީހަކު ބަޑި ޖަހައި ބަޔަކު މީހުން މަރާލުމެއް ކަމަށް ނުބެލެވޭނެ ކަމަށް އެފަރާތްތަކުން ލަފާ ކުރެއެވެ.
މި ހާދިސާ ދިރާސާކުރި ބައެއް ފަރާތްތަކުން ބުނަނީ މިއީ މީގެ ކުރިން ސީއައިއޭއިން ހިންގާފައިވާ ފަދަ އޮޕރޭޝަނެކެވެ. އަދި މި ހާދިސާގައި ދެވަނަ މީހެއްގެ ބައިވެރިވުމެއް އޮވެދާނެ ކަމަށްވެސް ބަލާފައި ވެއެވެ.
މެންހެޓަންގެ ހަމަލާގައި މީހުން ސަލާމަތް ކުރި މުސްލިމު ފުލުސް މީހާ މަރާލައިފި

