ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ޕާޓީގެ އެއްބައިވަންތަކަން ދައްކާލުމަށް، 'ރަން ރީނދޫ' ގެ ނަމުގައި ހާއްސަ ދުވުމެއް މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބާއްވައިފި އެވެ.
މި ދުވުން ހުޅުމާލެއިން ފެށި ނަމަވެސް، މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއެކު ޕާޓީގެ އސްސަފުގައި ހިމެނިވަޑައިގަންނަވާ އިސް ސަފުގެ ގިނަ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން، އަދި މަތީފެންވަރަކަށް އަންހެން މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ.
މި ދުވުން ފަށާފައިވަނީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްފައިވާ ޚދުމަތްތަކާއި ގެނެސްދީފައިވާ ތަރައްގީ ރަމްޒުކޮށްދޭ ދަންމަރަކާއެކު އެވެ. މި ދަންމަރުން އެމްޑީޕީގެ ދިގު ތާރީޚާއި ދިވެހި ގައުމަށް ޕާޓީން ކޮށްފައިވާ މުހިއްމު މަސައްކަތްތައް ހަނދާންކޮށްދެއެވެ.

