އެމެރިކާ ރައިސް ޓްރަމްޕް ވަނީ ރަޝިޔާއަށް ބިރު ދެއްކުމަށް ނިއުކްލިއަރ ދެ ސެބްމެރިން ރަޝިޔާ ކައިރިއަށް ދިއުމަށް އަމުރުކޮށްފައެވެ.
ހުކުރު ދުވަހު ޓްރަމްޕް ވަނީ އޭނާގެ ޕްލެޓްފޯމް ޓްރޫތް ސޯޝަލްގައި ބުނެފައި ވަނީ ސަބްމެރިން ރަޝިޔާ ކައިރިއަށް ފޮނުވާފައިވަނީ ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް މި ހަފްތާގައި ދެއްކެވި ވާހަކަތަކަށް ރއްދު ދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އެއް ދުވަސް ކުރިން މެޑްވެޑޭވް ވަނީ ރަޝިޔާގެ ފިނި ހަނގުރާމައިގެ ޒަމާނުގެ ނިއުކްލިއާ ހަތިޔާރުގެ ނިޒާމަށް އިޝާރާތްކުރައްވައި ފިނިހަނގުރާމައިގެ ހަތިޔާރާ މެދު އަދިވެސް ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވެ އިޝާރާތެއް ދެއްވާފައެވެ.

