ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އޭވިއޭޝަން މާކެޓް

2024 ވަނަ އަހަރު އިންޑިއާއިން 241 މިލިއަން ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއެކު، އެ ގައުމަކީ ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އޭވިއޭޝަން މާކެޓް ކަމުގައި ވެއްޖެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 11.1 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމާއެކު އިންޑިއާއިން ވަނީ 205 މިލިއަން ވައިގެ މަގުން ދަތުރުވެރިންނަށް ޚިދުމަތް ދިން ޖަޕާން ފަހަނައަޅާ ގޮސްފައެވެ.

2024 ވަނަ އަހަރު ވައިގެ މަގުން ދަތުރު ކުރި މީހުންގެ އަދަދުން އެންމެ ބޮޑު 5 އޭވިއޭޝަން މާކެޓަކީ އެމެރިކާ (876 މިލިއަން)، ޗައިނާ (741 މިލިއަން)، ޔޫކޭ (261 މިލިއަން)، ސްޕެއިން (241 މިލިއަން) އަދި އިންޑިއާ (241 މިލިއަން) އެވެ. އިންޑިއާގެ މުންބާއީ-ދިއްލީ ރޫޓަކީ 5.9 މިލިއަން ދަތުރުވެރިންނާއެކު ދުނިޔޭގެ 7 ވަނައަށް އެންމެ ބިޒީ ދެ އެއާޕޯޓެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދު ވަނީ އެންމެ ބިޒީ އެއަރޕޯޓްތަކުގެ ލިސްޓުގައި އިސް ދައުރެއް އަދާކޮށްފައެވެ. ދެކުނު ކޮރެއާގެ ޖެޖޫ-ސިއޯލް ރޫޓަކީ 13.2 މިލިއަން ދަތުރުވެރިންނާއެކު ދުނިޔޭގެ އެންމެ ބިޒީ ރޫޓެވެ. އެންމެ މަތީ  10 އެއާޕޯޓް ގެ ތެރެއިން އޭޝިއާ ޕެސިފިކް ސަރަހައްދުން ބޭރުން ހިމެނިފައި ވަނީ ހަމައެކަނި ޖިއްދާ-ރިޔާޟު ރޫޓު އެވެ.

2024 ވަނަ އަހަރު ބައިނަލްއަގުވާމީ ޕްރީމިއަމް ކްލާސް (ބިޒްނަސް އަދި ފަސްޓް ކްލާސްގެ) ދަތުރުތައް ވަނީ 11.8 އިންސައްތަ އިތުރުވެފައެވެ. މިއީ އިކޮނޮމީ ކްލާސްގެ (11.5 އިންސައްތަ) އަށް ވުރެން މަތީ އަދަދެކެވެ. ޖުމްލަ 116.9 މިލިއަން ބައިނަލްއަގުވާމީ ޕްރީމިއަމް ކްލާސް ގައި ދަތުރުވެރިން ދަތުރުކޮށްފައިވާއިރު، މިއީ ޖުމްލަ ބައިނަލްއަގުވާމީ ދަތުރުވެރިންގެ 6 އިންސައްތައެވެ.

ނެރޯ-ބޮޑީ މަތިންދާބޯޓުތަކުގެ ތެރެއިން ބޯއިންގ 737 އަކީ 2024 ވަނަ އަހަރު އެންމެ ގިނައިން ބޭނުންކުރެވުނު މަތިންދާބޯޓެވެ. މި މަތިންދާބޯޓުން 10 މިލިއަން ފްލައިޓް ފުރިހަމަކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ބޭނުންކުރެވުނީ އެއަރބަސް އޭ320  އެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް