ޔަހޫދީންގެ ހަރުކަށި ޓެރަރިސްޓް ސަރުކާރުގެ މާލިއްޔަތު ވަޒީރު ބެޒަލިލް ސްމޮރިޗް ވަނީ ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނެސް، އެ ސަރަހައްދުގައި ޔަހޫދީން އާބާދުކުރުމަށް ގޮވާލައިފައެވެ. ޔަހުދީންގެ ސަރުކާރުގެ ރަސްމީ ބްރޯޑްކާސްޓިންގ އޮތޯރިޓީގެ "ކާން" ރޭޑިއޯއަށް މީނާ ދިން ބަޔާނެއްގައި ބުނީ، "އަހަރެންގެ ޕްލޭނަކީ ޣައްޒާ އަހަރެމެންގެ ބާރުގެ ދަށުގައި ބޭއްވުމާއި، އެތަނުގައި ޔަހޫދީން އާބާދު ކުރުން" ކަމަށެވެ.
އިތުރަށް އޭނާ ބުނީ މިއީ ޔަހޫދީންނަށް ސަލާމަތްތެރިކަން ޤާއިމްކުރުމަށް އޮތް ހަމައެކަނި ގޮތް ކަމަށާއި ފަލަސްޠީނުގެ ނަސްލު އެއްކޮށް އެތަނުން ސާފުވާން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން، ސްމޮރިޗް ވަނީ "ކެބިނެޓް" ގެ އެންމެ ފަހުގެ ބައްދަލުވުމުގައި ނަތަންޔާހޫއަށް ޣައްޒާގައި ހޮލޮކޯސްޓް "ކާމިޔާބު" ވެދާނެ ކަމުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައެވެ. އަދި ޣައްޒާ ގައި ހިންގާ ލަސްލު ނައްތާލުން ލަސްވާ ކަމަށާއި އޭގެ ބަދަލުގައި އަވަސް އަސްކަރީ ހަމަލަތަކެއް ދީ ނަސްލު ސާފުކޮށްލުމަށް ބާރު އަޅާފައެވެ.
ޔަހޫދީންގެ މިނިސްޓީރިއަލް ކޮމިޓީން ވަނީ ޣައްޒާ އަތުލުމަށާއި، އެ ސަރަހައްދުގައި ހަނގުރާމައިގެ ހަރަކާތްތައް ފުޅާކުރުމަށް ހުއްދަ ދީފައެވެ. މި ޕްލޭންގެ ދަށުން ޣައްޒާގެ އާބާދީ މިސްރާވީ ބޯޑަރާ ދިމާލަށް ފައްސާލުމަށް ފަހު، ޣައްޒާ ވަށައިލައި ބާކީ ތިބި މީހުން ކަށި ނަރު ވަށާލާފައިވާ ކުޑަ ސަރަހައްދެއްގައި ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

