ޖަޕާނާއި އިންޑިއާގެ ގްލޯބަލް ޕާޓްނާޝިޕް

ޖަޕާނާއި އިންޑިއާގެ ޚާއްސަ ސްޓްރެޓެޖިކް ގްލޯބަލް ޕާޓްނަޝިޕަކީ އަމިއްލަ ސްޓްރެޓެޖިކް އަސާސްގެ މައްޗަށް ލޮޖިކް އަދި އިންސްޓިޓިއުޝަނަލް ފައުންޑޭޝަންތަކުގެ މައްޗަށް ހިންގާ އިންޑޯ-ޕެސިފިކް ކޯޕަރޭޝަންގެ ވަކި މޮޑެލްއެކެވެ. ސަރަޙައްދީ ސަލާމަތީ މަޝްވަރާތަކުގައި ގިނަ ފަހަރަށް ބާރުއަޅަނީ މަލްޓިލެޓަރަލް އޮނިގަނޑުތަކަށެވެ. ނަމަވެސް ޖަޕާނާއި އިންޑިއާގެ ގުޅުމުން ދައްކަނީ ތަފާތު ކަމެކެވެ. އެއީ ބޮޑެތި ބާރުގެ ތަދައްޚުލުވުމެއް ނެތި، ދެގައުމުން ހިއްސާ ކުރާ މަސްލަހަތުތަކާއި އެއް ގައުމުން އަނެއް ގައުމަށް ވެދޭ ގާބިލްކަން އިތުރު ކުރުމުގެ މައްޗަށް ދެގައުމަށް އައު ގުޅުންތައް ބިނާކުރެވޭނެ ގޮތް ދައްކުވައިދޭ ކަމެކެވެ.
އިންޑިއާއާއި ޖަޕާންގެ މި ޕާޓްނަޝިޕް އުފެދުނީ ބޭރުގެ ފަރާތްތަކުގެ ނޫނީ ސަރަހައްދީ ފިއްތުންތަކަށް ވުރެން ބޮޑަށް ވަކިވަކި ގައުމީ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. ފިނި ހަނގުރާމައިގެ ފަހުން ޖަޕާނުގެ ސަލާމަތީ ކަންކަން މުހިންމު ގައުމީ ކަމަކަށް ވެގެން ދިޔައެވެ. އަދި އިންޑިއާގެ އިގްތިސާދު ހުޅުވާލުމާއި އިރުމައްޗަށް ސްޓްރެޓެޖިކް ސަމާކލުކަމެއް ދިނުން މުހިންމު ވެގެން ދިޔައެވެ. އެކަމުގެ ސަބަބުން ފުޅާ ޖިއޮޕޮލިޓިކަލް އިންތިޒާމުތަކަކާއެކު ދެ ގައުމަށްވެސް މުހިންމު ފުރުސަތުތަކެއް ފަހިވިއެވެ.
މި ގުޅުމުގައި އިޤްތިޞާދީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވުމަކީ ފުރަތަމަ އަސާސެވެ. ޖަޕާނުގެ ޓެކްނޮލޮޖީގެ ގާބިލްކަމާއި ރައުސްމާލުގެ ވަސީލަތްތައް އިންޑިއާގެ މާކެޓަށް މުހިންމު ވެގެން ދިޔައެވެ. އަދި އިންޑިއާގެ އިންފްރާސްޓްރަކްޗާގެ ބޭނުންތަކާ އެކަންކަން ލާމެހިގެން ދިޔައެވެ. ވަކިން ޚާއްސަ ގޮތެރއްގައި އިންޑިއާގެ ނާޒުކު އިރުއުތުރު ސަރަޙައްދުގައި ޖަޕާނުން ކުރިއަށް ގެންދިޔަ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް ޕްރޮގްރާމް މެދުވެރިކޮށް ދެގައުމަށް އިޖުތިމާއީ ތަރައްގީގައި އެއްބާރުލުން ދިނުމަށް ޢަމަލީ ނިޒާމުތައް ގާއިމް ކުރުމަށް ތަނަވަސް ވެގެނ ދިޔައެވެ.
މެރިޓައިމް ޖިއޮގްރަފީއަކީ މިނިވަން އެއްބާރުލުން ދިނުމަށް އިތުރު ބިންގަލެއް އުފައްދައިދޭ ވަސީލަތެކެވެ. ދެ ގައުމުގެ އިގްތިސާދީ ނިޒާމުތައް ބަރޯސާވެފައިވަނީ ކަނޑުގެ ވިޔަފާރީގެ މަގުތަކަށް ކަމަށާއި އެމަގހުތަކުގެ ސަލާމަތާ ގުޅޭ ކަންކަމުގެ މައްޗަށެވެ. ދެ ގައުމުން ހިއްސާ ކުރާ މެރިޓައިމް ހޭލުންތެރިކަމުން ބޭރުގެ އިއްތިހާދުތަކަށް ވުރެ މާ ބޮޑަށް އެއްބާރުލުން ދިނުމަށް ތަބީޢީ ގޮތުން ހިތްވަރެއް ލިބިގެން ދިޔައެވެ.
މިސާލަކަށް 2019 ވަނަ އަހަރު އުފެދުނު ޖަޕާން-އިންޑިއާ 2+2 މިނިސްޓަރުންގެ މަޝްވަރާގެ ސަބަބުން ސަލާމަތީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް މުއައްސަސާތަކުގެ އޮނިގަނޑެއް އުފެއްދި އެވެ.
އިންޑިއާ އިން ޖަޕާނާ ގުޅިގެން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގައި ޖަޕާނުން ބައިވެރިވުމާއި ކަނޑުގެ ސިފައިން އެގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރުމުގެ އެއްބަސްވުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ޗެނަލްތަކުގެ ތެރެއިން އަމަލީ ގޮތުން އަސްކަރީ އެއްބާރުލުން ދިނުމުވެ. މި އިންތިޒާމުތަކުގެ މިސާލަކީ އިންޑިއާ ޖަޕާން އޮޓޮނޮމިކް ސްޓްރެޓެޖިކް ކޯޕަރޭޝަން އެވެ.
އިންޑިއާއާއި ޖަޕާނުގެ އެއްބަސްވުންތަކުގެ ދަށުން އިންޑިއާ ކަނޑު ހުރަސްކޮށް ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސް އިން ހިންގާ އޮޕަރޭޝަންތަކަށް އިންޑިއާގެ ބަނދަރުތަކާއި މަރާމާތުކުރާ ވަސީލަތްތަކުގެ ފައިދާ ލިބެ އެވެ. އަދި އެ އެއްބަސްވުމާއެކު އިންޑިއާއަށް އިތުރު ތިންވަނަ ފަރާތެއްގެ މެދުވެރިވުމެއް ނޫނީ ބައިވެރިވުމެއް ނެތި، އޮޕަރޭޝަނަލް ރީޗް ފުޅާކުރެއެވެ. މި އިންތިޒާމުގެ ސަބަބުން ޖަޕާނަށާއި އިންޑިއާއަށް ދެމެހެއްޓެނިވި ސަރަހައްދީ ޙާޟިރީއެއް ލިބިގެންދެއެވެ. އަދި އިންޑިއާއަށް ކަނޑުގެ ޒަމާނީ ޓެކްނޮލޮޖީތަކާއި އޮޕަރޭޝަނަލް ތަޖުރިބާތައް ލިބިގެންދެއެވެ.
ޖަޕާނާއި އިންޑިއާ އަށް ވެސް ކުރިމަތިވެފައިވަނީ ސަރަހައްދީ ސަލާމަތީ މާހައުލުތަކުގެ ތެރެއިން އާދަޔާ ޚިލާފް ކުއްލި ގޮންޖެހުންތަކެކެވެ. މިކަމުގައި ޗައިނާގެ ފުޅާވަމުން އަންނަ ނުފޫޒު ހައްލުކުރުމަށްޓަކައި ދެގައުމުގެ މިނިވަން ސްޓްރެޓެޖީތައް ކޯޑިނޭޓް ކުރަމުން ދެއެވެ. އިންޑިއާގެ އެއްގައުމުގެ ސަރަހައްދުގެ ބޯޑަރު މެނޭޖްމަންޓާއި ޖަޕާނުގެ ކަނޑުގެ ސަރަހައްދުގެ ކަންބޮޑުވުންތަކުން އުފެދެނީ ސަލާމަތީ ގޮތުން ކުރިމަތިލާން ޖެހޭ އައު ކަންތައްތަކެކެވެ.
 

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް