މުއްސަނދިކަމާއި އިސްރާފު ބޮޑު ދިރިއުޅުން އުޅޭ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ ދުބާއީގައި، މުއްސަންޖަކު ވަނީ ސުޒުކީ ޖިމްނީއެއް ލުއި ވިޓޯން ދަބަސްތައް ތަތްކޮށްގެން އޮޅާލައިފައެވެ. މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރޫސީނިއުސްއިން ޝާއިޢުކުރުމާ ގުޅިގެން، މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ.
މަރސިޑީޒް ބްރޭންޑްގެ އުޅަނދަކާ އެއްގޮތަށް ބަދަލުކޮށްފައިވާ މި ވެހިކަލްގައި، 50 އެއްހާ ލުއި ވިޓޯން ދަބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ. މި ދަބަސްތަކުގެ އަގު އެތައް ހާސް ޑޮލަރަށް އަރާ ކަމަށް ބެލެވެއެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ އެއްބަޔަކު ބަނޑަށް މަރުވާއިރު އަނެއް ބައި މީހުން އުޅެނީ ފައިސާއިން ކުރާނެ ކަމެއް ނޭނގިގެންނެވެ.
މި ކާރުގެ ވެރިފަރާތަކީ ދުބާއީގައި ދިރިއުޅޭ ޔޫޓިއުބަރެއް ކަމަށްވާ މޯ ވްލޮގްސް އެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި ޝާއިޢުކޮށްފައިވާ ވީޑިއޯއެއްގައި، މި ބަދަލުތަކާ ގުޅިގެން ކާރުގެ އަގު ދެގުނަ އަށް އިތުރުވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިއީ ރަސްމީކޮށް ކަށަވަރުކުރެވިފައިވާ އަގެއް ނޫނެވެ.
މި މަންޒަރު ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން ތަފާތު ޚިޔާލުތައް ފާޅު ކޮށްފައި ވެއެވެ. "ފައިސާ ހުއްޓަސް ބޯ ގޯސް މީހުން ތިބޭ،" އެކަކު ކޮމެންޓް ކޮށްފައިވެއެވެ. އަނެއް ބައެއް މީހުން މިއީ އީޖާދީ އުފެއްދުންތެރި ޚިޔާލެއް ކަމަށް ބުނެ ތަޢުރީފުކޮށްފައިވެއެވެ.
ދުބާއީއަކީ މުއްސަނދިންގެ މަންޒިލަކަށް ވެފައިވާ ތަނަކަށްވާ ތަނެކެވެ.

