އދ. ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގައި އިންޑިއާގެ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތައް ފާހަގަކޮށްފި

އދ. ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގެ 60 ވަނަ ޖަލްސާގައި އިންޑިއާއިން ޓެރަރިޒަމާ ދެކޮޅށް ކުރާ މަސައްކަތްތަކާއި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކުން އާންމު ރައްޔިތުންނަށް ކުރާ އަސަރާ ބެހޭ ގޮތުން ވާހަކަ ދައްކައިފިއެވެ. މަދަނީ ޖަމްޢިއްޔާތަކާއި އެން.ޖީ.އޯތަކުން އިނޑިއާގެ މަސައްކަތް ފާހަގަކޮށްފައިވަނީ ޖެނީވާގައި ބޭއްވުނު ޚާއްޞަ ފޮޓޯ މައުރަޒެއްގައެވެ.

ސެޕްޓެމްބަރު 19 އަދި 23 ގައި ޖެނީވާގެ "ބްރޯކަން ޗެއަރ" މޮނިއުމަންޓްގައި ބޭއްވި ދެ ފޮޓޯ މައުރަޒުގައި، ޓެރަރިޒަމްގެ ޢަމަލުތަކުން އަސަރުކޮށްފައިވާ މުޖުތަމަޢުތަކުގެ ކެތްތެރިކަމާއި ސާބިތުކަން ދައްކުވައިދީފައިވެއެވެ. މި މައުރަޒުތަކުގައި އިންޑިއާއިން ގެންގުޅޭ "ވިކްޓިމް-ފަސްޓް" އެޕްރޯޗް ފާހަގަކޮށް، އެފަދަ މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ސަރުކާރުން ދޭ އެހީތެރިކަން ދައްކާފައި ވެއެވެ.

އިންޑިއާގެ ޓެރަރިޒަމާ ދެކޮޅު ސިޔާސަތު އެކުލަވާލެވިފައި ވަނީ، ލަޝްކަރެ ތައިބާ އަދި ޖައިޝެ މުޙައްމަދު ފަދަ ޖަމާޢަތްތަކުން ދިގު މުއްދަތަކަށް ހިންގާފައިވާ ބޮޑެތި ޓެރަރިސްޓް ޙަމަލާތަކުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ މަސައްކަތްތަކާއި ލިބިފައިވާ ގެއްލުން ތަކަށް ރިއާޔަތް ކޮށެވެ. 2008 ގެ މުންބާއީ ޙަމަލާތަކާއި 2019 ގެ ޕުލްވާމާ ޙަމަލާއަކީ އިންޑިއާ އިން ދައްކާ ގޮތުގައި މި މަސައްކަތުގައި މުހިންމު ބަދަލުތަކެއް ގެނަސް ދިން ހާދިސާތަކެވެ.

އިންޑިއާއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޤާނޫނީ އޮނިގަނޑުވެސް ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި 2019 ގައި ފާސްކޮށްފައިވާ "އަންލޯފުލް އެކްޓިވިޓީސް (ޕްރިވެންޝަން) އެކްޓް" އަށް ގެނެވުނު އިސްލާހު ހިމެނެއެވެ. މީގެ އިތުރުން، ޖޫން 2025 ގައި ޔޫކޭ އިންޑިއާ ޓެރަރިޒަމާ ދެކޮޅު މަޝްވަރާތަކުގައި، މާލީ ކަންކަން ހޯދައި ބެލުމާއި، ޤާނޫނު ތަންފީޒުކުރުމާއި، ޝަރުޢީ އެއްބާރުލުން ދިނުން ހިމެނޭ ގޮތަށް މަޝްވަރާތައް ބާއްވާފައި ވެއެވެ.

ޖެނީވާގައި ދީފައިވާ މެސެޖަކީ ސާފު މެސެޖެކެވެ. އެއީ ޓެރަރިޒަމްގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެ، އެކަމަށް މަގުފަހިކުރާ ފަރާތްތައް ޒިންމާދާރުކުރުވަން ޖެހޭކަމުގެ މެސެޖެކެވެ. އިންޑިއާއިން ވަނީ ޓެރަރިޒަމްގެ ހަމަލަތަކުގެ ހަނދާން އައު ކުރުމާއި، އިންސާފު ހޯދުމާއި، އެފަދަ ހަމަލަތައް ހުއްޓުވުމަކީ ގިނަ ޢާއިލާތަކަށް ލިބޭ އަނިޔާވެރިކަމުގެ ގެއްލުން ކުޑަކުރުމަށް އަމާޒުކުރެވިފައިވާ ސްޓްރެޓެޖީގެ މައިގަނޑު ތަނބުތަކެވެ.

ޓެރަރިޒަމަކީ ސިޔާސަތެއްގެ ގޮތުގައި ބޭނުން ކުރާ ގައުމަކީ ޒަޔަނިސްޓު ދައުލަތެވެ. އެ ދައުލަތުން ދަަނީ ފަލަސްޠީނުގައި ޖެނޮސައިޑް ހިންގައި މެދުއިރުމަތީގައި ޓެރަރިސްޓް އަމަލުތައް ހިންގަމުންނެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް