ޣައްޒާ ޖެނޮސައިޑާ ބެހޭ ގޮތުން ފްރެންޗެސްކާ އަލްބަނީސް ލިޔުއްވި ފޮތް ޝާއިއުކޮށްފި

އދ. ގެ ސްޕެޝަލް ރެޕަޓުއާ ފްރެންޗެސްކާ އަލްބަނީސް ވަނީ "އަ މޫން ވިލް ރައިސް ފްރޮމް ދަ ޑާކްނަސް" ގެ ނަމުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖެނޮސައިޑާ ގުޅޭ ރިޕޯޓުތަކެއް އެކުލެވޭ ފޮތެއް ނެރެފައެވެ. ޕްލޫޓޯ ޕްރެސްއިން ޝާއިޢުކޮށްފައިވާ މި ފޮތުގައި ޒަޔަނިސްޓް އިސްރާއީލުން 2023 އޮކްޓޯބަރުން ފެށިގެން ހިންގަމުންދާ ޖެނޮސއިޑް ހަނގުރާމައަކީ ގަސްތުގައި ހިންގާ ނަސްލު ލުހެލުމުގެ ޢަމަލުތަކެއްކަމަށް ބަޔާންކޮށްފައިވެއެވެ.

224 ސަފުހާގެ މި ފޮތުގައި ހިމެނޭ މައިގަނޑު ބައިތަކުގައި، އިސްރާއީލުގެ ޖަރީމާތައް އިސްތިއުމާރު ދޮން މީހުންގެ ތާރީޚާ ގުޅުވައި، އަދި ގޫގުލްއާއި އެމެޒޯން ފަދަ ޓެކް ކުންފުނިތަކުން އޭ.އައި (މަބު) އަދި ކްލައުޑް ސަރވިސަސް މެދުވެރިކޮށް އިސްތިރުމާއީ ޔަހުދީ ސިފައިން ނާޖާއިޒު ފައިދާ ނަގަމުންދާ ގޮތް ހާމަކޮށްފައިވެއެވެ.

މި ފޮތަށ ްނަން ދީފައި ވަނީ ފަލަސްޠީނުގެ ޅެންވެރިޔާ ޝަހީދު މަހުމޫދު ދަރުވީޝްގެ ޅެމަކުންނެވެ.

މި ފޮތުގެ ކަވަރުގައި ހިމަނާފައި ވަނީ ޣައްޒާގެ ފަންނާނެއް ކަމަށްވާ މަލަކް މަޠަރުގެ ‘ޗިލްޑްރަން އޮފް ގާޒާ ޑްރީމިންގ އޮފް ޕީސް’ ގެ ކުރެހުމެކެވެ.

އިޓަލީގެ ރައްޔިތެއް ކަމަށްވާ އަދި ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލު އަލްބަނީސްއަކީ 2025 ޖުލައި މަހު، ޖެނޮސައިޑަށް ހިތްވަރުދޭ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހެކެވެ. ނަމަވެސް އޭނާ ވަނީ ޒަޔަނިސްޓް ޔަހޫދީން ބޭޒާރު ކުރުމުގެ މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައެވެ. ފޮތުގެ އީބުކް ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ފޮތުން ލިބޭ އާމްދަނީ ހަދިިޔާ ކުރުމަށް ހަމަޖެހިފައި ވަނީ އުންރުވާއަށް ކމަށް ޕްލޫޓޯ ޕްރެސްއިން ބުނެފައިވެއެވެ.

2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ފަލަސްޠީނު މިނިވަން ކުރަން ފެށި އަޤްޞާ ޠޫފާނަށް ދެ އަހަރު ފުރޭއިރު، މިހާތަނަށް ލައްކައެއްހައި ފަލަސްތީނުން ވަނީ ޝަހީދުކޮށްފައެވެ. އަލްބަނީސްގެ ފޮތަކީ ހަތިޔާރު ސަޕްލައި ކުރުން ހުއްޓުވުމާއި، ކުންފުނިތަކުން ޔަހޫދީ ޒަޔަނިސްޓު ގައުމުން އިންވެސްޓްމަންޓް އަނބުރާ ގެންދިއުމަށާއި، އައި.ސީ.ސީ އިން ޖެނޮސައިޑަށް ދަޢުވާކުރުމަށް ގޮވާލާ އަޑެއްކަމުގައި ބެލެވެއެވެ.

މިފޮތަކީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ޝާއިޢު ކޮށްފައިވާ ފޮތެކެވެ. މި އީބުކް މުއްދަތެއް ނެތް ގޮތަށް ޕްލޫޓޯ ޕްރެސްގެ ވެބްސައިޓުން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

އަލްބަނީސް އަކީ ފަލަސްތީނުގެ މީހުންގެ ނަސްލު ނައްތާލުމުގެ ޖެނޮސައިޑާ ދެކޮޅަށް އަޅުގަނޑުމެންގެ ޖީލުގެ މީހުންގެ ތެރޭން އެންމެ ބޮޑަށް މަސައްކަތްކުރި މީހާގެ ގޮތުގައި ތާރީޚުން ހަނދާން ކުރާނެއެވެ.

ފަލަސްތީނުގައި އިސްރާއީލުން ހިންގާ ޖެނޮސައިޑަކީ ހުޅަނގުގެ ބާރުގަދަ ދައުލަތްތަކުގެ ބައިވެރިވުމާއެކު ހިންގާ ޖެނޮސައިެކެވެ. މި ފޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގައި އިސްރާއީލުގެ ޖެނޮސައިޑްގެ އަމަލުތަކާ ބެހޭ ގޮތުން ސައްޙަ ރިޕޯޓްތައް އެކުލަވާލާފައިވެއެވެ. އަދި އަލްބަނީސް ވަނީ އިސްރާއީލުގެ ދޮން ސެޓްލަރުންގެ އިސްތިއުމާރުގެ ދިގު ތާރީޚާއި މިހާރު ހިނގަމުންދާ އަނިޔާވެރިކަންކަމާ ގުޅޭ ގޮތް ބަޔާންކޮށް ދީފައެވެ.

ހިއްސާ ކުރައްވާ!