ޔަހޫދީންގެ އަނިޔާތަކުން މިނިވަންވި ފަލަސްޠިނުގެ ޒުވާން އަދީބު ބާސިމް ޚަންދަގްޖީ

ފަލަސްތީނުގެ ލިޔުންތެރިޔާ ބާސިމް ޚަންދަޤްޖީ އަކީ އިސްރާއީލުގެ ޖަލުގައި 21 އަހަރު ހޭދަކުރުމަށްފަހު، ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިސްރަށް އަރުވާލެވުނު މީހެކެވެ. އޭނާއަށް އުމުރު ދުވަހުގެ 3 ޙުކުމް ޔަހޫދީން އިއްވާފައި ވެއެވެ.

1983 ވަނަ އަހަރު ނާބުލުސް ސިޓީގައި އުފަން ޚަންދަޤްޖީ އަކީ ހަގު އުމުރުއްސުރެ ކިޔެވުމަށް ލޯބިކުރި މީހެކެވެ. އޭނާ ވަނީ އަރަބި ބަހާއި ފަލަސްފާގެ ރޮނގުން މާސްޓާޒްއާ ހަމައަށް ކިޔަވާފައެވެ. އަދި އޭނާއަކީ ވާހަކަ ލިޔުންތެރި އަދީބެކެވެ.

ޚަންދަގްޖީ ވަގަށް ނަގާފައި ވަނީ 2004 ވަނަ އަހަރު، ކަރްމަލް މާރުކޭޓުގައި ދިން ބޮމުގެ ހަމަލައަކާ ގުޅިގެންނެވެ. އެ ހާދިސާގައި ފަލަސްޠިނުގެ ބިން ހިފައިގެން ވަޒަންވެރިކޮށްފައި ޔަހޫދީންގެ 3 މީހަކު ނައްތާލެވި އިތުރު 50 ސެޓްލަރުނ ޒަޚަމް ކޮށްލެވުނެވެ. މިއީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ހަމާސްއިން ދިން ހަމަލައެކެވެ. ޚަންދަގުޖީ ހައްޔަރުކޮށްފައި ވަނީ އޭނާއަކީ ހަމާސްގެ ލީޑަރެއް ކަމަށް ބުނެއެވެ. މިހަމަލާގައި ނައްތާލެވުނު ޔަހޫދީންނާއި ޒަކަމްވި ސެޓްލަރުންނަށް ޔަހުދީންގެ ސަރުކާރުން ވަނީ ފަލަސްޠީނުގެ ފައިސާއިން 12 މިލިއަން ޑޮލަރުގެ ބަދަލެއް ދީފައެވެ. ޔަހޫދީންނަކީ ގަދަ ބާރުން އެހެން ބައެއްގެ ބިމަށް ގަދަވެގެން ފައިވާ އަދި މަޒުލޫމުންގެ އަތުން ބަދަލު ހޯދާ ގަދަބަދަވިކަމުން ދުނިޔޭގައި އުޅޭ ކެންސަރެއް ފަދަ ވަބާއެކެވެ.

ޚަންދަގްޖީއަކީ ސިޔާސީ ގޮތުން ހަމާސްއާ ފިކުރު ދިމާވާ މީހެއް ނޫނެވެ. ކުރިން ކޮމިއުނިސްޓަކަށް އުލެފައި ފަހުން އޭނާ ތާއީދު ކުރަނީ ވާތުފިޔައިގެ ފިކުރަށެވެ.

ޖަލުގައި ހުރެގެން ޚަންދަޤްޖީ ވަނީ ގިނަ އަދަބީ މަސައްކަތްތަކެއް ކޮށްފައެވެ. ފަލަސްޠީނުގެ އަދަބިއްޔާތުގައި ފާހަގަ ކުރެވޭ "ޖަލުގެ އަދަބިއްޔާތު" ގެ ގިންތީގައި ޚަންދަގްޖިއަކީ އައު އަދަބީ ފިކުރެއް ވުޖޫދަށް ގެނަސްދީގެން ވިދާލި މީހެކެވެ. ފަލަސްޠީނުގެ "ޖަލުގެ އަދަބިއްޔާތުގައި" އާންމުކޮށް ލިޔެފައިވާ މީހުން ލިޔެފައި ވަނީ އެމީހުންގެ ޖަލުގެ ތަޖުރިބާތަކާއި ޖަލުގައި ހިނގާ ކަންކަމާ ބެހޭ ގޮތުންނެވެ. އެއާ ޚިލާފަށް ޚަންދަގްޖީ ވަނީ، މިނިވަންކަން ނިގުޅިފައިވާ ހާލަތުގައި އިންސާނަކަށް ދުނިޔެ ފެންނާނެ ގޮތް އޭނާގެ ވާހަކަތަކުގައި ރަމްޒުކޮށްދީފައެވެ.

ބާސިމް ޚަންދަގްޖީގެ ސިޔާސީ ވިސްނުން ބައްޓަން ވެގެން ދިޔައީ އޭނާގެ އުމުރުގެ އެހެން ޒުވާނުންނެކޭ އެއްފަދައިން އުމުރުން 15 އަހަރުގައި ފަލަސްޠީނުގެ ފުރަތަމަ އިންތިފާޟާ ކަމަށްވާ 1987ން 1993އަށް ދެމިގެން ދިޔަ އިންތިފާޟާއިންނެވެ. އެއަށްފަހު ލިޔުންތެރިއެއްގެ ގޮތުން އޭނާގެ އަދަބީ ވިސްނުން ބައްޓަންވީ އޭނާގެ ކުރިމަތީގައި މައިމީހާގެ އުނގުގައި އޮތްވައި ޔަހޫދީން ޝަހީދުކޮށްލި އީމާން ހައްޖޫގެ ހާދިސާއިންނެވެ. އީމާނަކީ ފަލަސްޠީނުގެ ދެވަނަ އިންތިފާޟާގައި ޝަހީދުކޮށްލި އެންމެ ޒުވާން ޝަހީދެވެ.

ކަންދަގްޖީ ވަނީ ޖަލުގައި 13 ފޮތް ލިޔެފައެވެ. އޭނާގެ ފުރަތަމަ ފޮތްތަކަކީ ޅެން ފޮތްތަކެވެ. ފަހުން އޭނާ ވަނީ ވާހަކަ ލިޔުމަށް އަމާޒުކޮށްފައެވެ. އޭނާގެ އަދަބީ މަސައްކަތްތައް ވަނީ އޭނާއަށް ހެޔޮއެދޭ ފަރާތްތަކުން ފަރަންސޭސި ބަހަށާއި އެހެން ޔޫރަޕްގެ ބަސްތަކަށ ްތަރުޖަމާ ކޮށްފައެވެ. ޖަލުގައި ހުރިއިރުވެސް އޭނާއަށް ވަނީ ބަިއނަލްއަގްވާމީ އަދަބީ އިނާމުތައް ލިބިފައެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ އަދަބީ ކާމިޔާބީއަކީ "ޤިނާޢު ބިލައުނިސް ސަމާއި" (އުޑުގެ ކުލައިގެ މާސްކެއް) މި ނަމުގައި ލިޔުނު ވާހަކަ ފޮތެވެ. މި ފޮތަށް އަރަބި ދުނިޔޭގެ ވަނަތަކާއި އަރަބި ބުކަރ އިނާމުވެސް 2024 ވަނަ އަހަރު ލިބިފައި ވެއެވެ. މި ވާހަކައަކީ ހަތަރު ބައިގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގެ ފުރަތަމަ ބައެވެ.

ޚަންދަގްޖީ ވަނީ އޭނާގެ ފޮތްތަކުން ލިބޭ ފައިސާ ޚާއްސަކޮށްފައި ވަނީ ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްޠީނުގެ ރަހީނުންނަށެވެ.

ޔަހޫދީން ވަނީ ބާސިމު ޚަންދަގްޖީ މިސްރަށް އަރުވާލުމުން، މިސްރުގެ އަދަބީ ފިކުރީ ވެށީގައި އޭނާގެ ލިޔުންތެރިކަމަށް އިތުރު ކުރިއެރުމަކާ ދިރުމެއް ލިބޭނެއެވެ. ޚަންދަގްޖީ ބުނެފައި ވަނީ ވަޒަނުން ބޭރުވަނީ ވަގުތީ ގޮތަކަށް ކަމަށެވެ،. އަދި ޔަގީނުންވެސް އެނބުރި އަންނާނެ ކަމަށެވެ.

ނޯޓު: (ޔަހޫދީންގެ ވާހަކަތައް ގެނަސްދިނުމަށް ވުރެނ،ް ފަލަސްޠިނގެު މީހުންގެ ކާމިޔާބީއާއި އެމީހުންގެ އިންސާނީ ވަހަކަތައް ގެނަސްދިނުމަށް ކާފު އިން އިސްކަން ދެމެވެ.)

ހިއްސާ ކުރައްވާ!