ޖައުލާނީ ރައީސް އެމެރިކާގެ ޓްރަމްޕާ ބައްދަލު ކުރައްވާއިރު ދުނިޔޭގެ މީޑިއާއަށް އައު ވާހަކައެއް ފާއްދާލައިފިއެވެ. މި ވާހަކައިގައި ވަނީ މިދިޔަ ދުވަސްތަކުގައި ޖައުލާނީ ރައީސް އަވަހާރަކޮށްލަން އައިސިސްއިން ދެ ފަހަރު މަސައްކަތް ކުރި ކަމަށެވެ.
މިއިން އެއް ވާހަކަ ފާއްދާލާފައި ވަނީ ސޫރިޔާގެ މަސްދަރަކުންނެވެ. އަނެއް ވާހަކަ ފާއްދާލާފައި ވަނީ "އަރަބި" މަސްދަރަކުންނެވެ. މީހުން ސުއާލު ކުރަނީ އެ މަސްދަރަކީ ޔޫއޭއީގެ މަސްދަރެއް ތޯއެވެ!
ޖައުލާނީ ރައީސާއި އޭނާގެ ދާޚިލީ ވަޒީރަކީ މަހާ ޓެރަރިސްޓުން ކަމަށް ބުނެ އެމީހުން ބްލެކްލިސްޓު ކޮށްފައިވާ މައްސަލަ ވެސް މިހާރު ވަނީ ނިމުމަކަށް ގެނަސްފައެވެ. މިހާރު ޖައުލާނީ ރައީސަކީ ހުދު ފޮތިކޮޅެކެވެ.
އޭނާ އެމެރިކާގައި ޓްރަމްޕާ ބައްދަލު ކުރެއްވުމުގެ ކުރިން ރަސްމީ ހެދުމުގައި ހުންނަވައިގެން ކުރިން އޭނާ ޝިކާރަ ކުރުމަށް ކަމަށް ބުނެ ހަރަކާތްތެރިވި އެމެރިކާ ސިފައިންނާއެކު ބާސްކެޓުވެސް ކުޅުވާއްފާއިވާ މަންޒަރުވެސް މީޑިއާއަށް ދައްކާލާފައި ވެއެވެ.
އެއާ ޚިލާފަށް މީސްމީޑިއާގައި މީހުން ގެންދަނީ އެމެރިކާގެ މަސްއޫލުވެރިން ކުރިން ޖައުލާނީއާ މެދު ބުނެފައިވާ ވާހަތައް އަނބުރަމުންނެވެ. އޭގައި އެމެރިކާ މަސްއޫލުވެރިން ބުނަނީ ޖައުލާނީއަކީ އެމެރިކާގެ އުފެއްދުމެއް ކަމަށެވެ.







