ޖައުލާނީ ރައީސްގެ ކިތައް އަނބިން ތިބޭތޯ އެނގެން ޓްރަމްޕް ބޭނުން ވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީރިއާގެ ރައީސް އަހުމަދު އަލްޝަރާޢާ (ޖައުލާނީ) ވައިޓް ހައުސްގައި ބައްދަލުކުރެއްވި ތާރީޚީ މުނާސަބާގައި ޓްރަމްޕް ސީރިއާގެ ރައީސާ ސަމާސާކޮށްލައްވަމުން ސުވާލުކުރެއްވީ، "ކިތައް އަނބިން ތިބޭތޯ؟" މިހެންނެވެ.

މި ވާހަކަ ދެކެވުނީ ޓްރަމްޕް، ޖައުލާނީއަށް ސެންޓް ފުޅިއެއް ހަދިޔާކުރެއްވި ވަގުތުގައެވެ. ޓްރަމްޕް ވިދާޅުވީ، "މިއީ ވަރަށް މީރު ވަސްދުވާ ސެންޓެއް. އަނެއް ފުޅިއަކީ ތިބޭފުޅާގެ އަނބިކަނބަލުންނަށް." މިހެން ވިދާޅުވުވުމަށްފަހު، ޓްރަމްޕް ސީރިއާގެ ރައީސް އަރިހުން އެއްދެވީ "ކިތައް އަނބިންތޯ؟" މިފަދައިންނެވެ. މި ސުވާލަށް ޖައުލާނީ ރައީސް ޖަވާބު ދެއްވީ "އެކެއް" މިހެން ވިދާޅުވަމުންނެވެ.

އުމުރުން 43 އަހަރުގެ ޖައުލާނީ ރައީސަކީ ބައްޝާރުގެ ވެރިކަމުން ސޫރިޔާ ސަލާމަތް ކޮށްދެއްވި ހަނގުރާމަވެރި ލީޑަރެވެ. އެމެރިކާއިން ކުރިން އޭނާއަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އޭނާ ހޯދައިދޭ މީހަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭން ވެސް ހުށަހެޅިއެވެ. އެމެރިކާ ދަތުރުގައި އޭނާއާ މާޒީއާ ބެހޭ ގޮތުން ސުއާލު ކުރެވުމުން ވިދާޅުވީ އަލްޤައިދާއާ އޮތް ގުޅުމަކީ "މާޒީވެފައިވާ ކަމެއް" ކަމަށެވެ.

މިއީ އެމރިކާއިން ޖަހަމުން ދިޔަ ޕޯސްޓަރެވެ!

ރައީސް ޓްރަމްޕް ވިދާޅުވީ، ޖައުލާނީ ރައީސްއާއި އޭނާއާ ޓިއުން ދިމާވާ ކަމަށެވެ. އަދި ސީރިއާގެ ވެރިކަން ހިންގުމުގެ ޤާބިލުކަން ޖައުލާނީ ރައީސްގެ ކިބައިގައި ހުރި ކަމަށް އިތުބާރު ކުރައްވާ ކަމަށެވެ.

 

ހިއްސާ ކުރައްވާ!