އުތުރު ކޮރެއާގެ ލާޒާރަސް ގޭންގުން ދެކުނު ކޮރެއާއިން 30 މިލިއަން ޑޮލަރު ލޫޓުވައިފި އެވެ. ކޮރެއާގެ ލާޒާރަސް ގްރޫޕަކީ މައުލޫމާތުގެ ރަސްމަގުގައި މަގުފޭރޭ ޖަމާއަތެއް ކަމަށް ބުނެވޭ ސިއްރު ޖަމާއަތެކެވެ. މި ޖަމާއަތުން ވަނީ ރޭގަނޑު ދަންވަރު ދެކުނު ކޮރެއާގެ ކްރިޕްޓޯކަރަންސީ އެކްސްޗޭންޖަކުން 30 މިލިއަން ޑޮލަރު ފޭރިގަނެފައެވެ.
ދެކުނު ކޮރެއާގެ އިންވެސްޓިގޭޓަރުން ބުނާ ގޮތުގައި ޑިޖިޓަލް ޚަޒާނާ އިން ވަގަސް ނެގި ފައިސާއަކީ އުތުރު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ހަތިޔާރުގެ ޕްރޮގްރާމްތަކަށް ހޭދަ ކުރުމަށް ގެންދިޔަ ފައިސާ ކަމަށެވެ.
މި ސިއްރު ޖަމާއަތަކީ މީގެ ކުރިންވެސް 620 މިލިއަން ޑޮލަރު ވަގަށް ނެގި ބައެއް ކަމަށް ބުނެއެވެ.
މުހައްލިލުން ދަނީ ކްރިޕްޓޯ އެކްސްޗޭންޖުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުކަށި ކުރުމަށް ބާރުއަޅަމުންނެވެ.







