ތުރުކީގައި ލިޕްޓަން ސައި އުފެއްދުން ހުއްޓާލީ ކީއްވެ؟

ޖެނޮސައިޑް ހިންގާ ގައުމަށް ވާގިވެރިވާ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ހިންގާ ކެމްޕޭނުން އަސަރުކޮށް ގެއްލުންތަކެއް ލިބުމާ ގުޅިގެން ތުރުކީގައި ލިޕްޓަން ސައިފަތް އުފެއްދުން ހުއްޓާލައިފިއެވެ. ލިޕްޓަން ކުންފުނިން ބުނެފައި ވަނީ ވިޔަފާރި އަލުން އަތުރާލުމަށް އައު އިންވެސްޓްމަންޓް ސްޓްރެޓެޖީ އެއްގެ ދަށުން މަސައްކަތް ކުރަނީ ކަމަށެވެ.

ލިޕްޓަން އިން ތުރުކީގައި ސައި ފަތް އުފައްދަން ފެށީ 1986 ވަނަ އަހަރުން ފެށިގެން ނެވެ. އެއީ އެގައުމުގައި އަމިއްލަ ފަރާތްތަކުން ސައި އުފެއްދުމުގެ ހުއްދަ ފުރަތަމަ ދިން ދުވަސްވަރުން ފެށިގެންނެވެ.
2022 ވަނަ އަހަރު ޔުނިލިވަރ އިން ލިޕްޓަން ގަނެފައި ވެއެވެ.

2025 ވަނަ އަހަރު ލިޕްޓަން އިން ސަކާރިޔާގައި 30 މިލިއަން ޔޫރޯ އިންވެސްޓްކޮށް އިނޮވޭޝަން، ބްލެންޑިން، އަދި ޕެކޭޖިން ޕްލާންޓެއް ބިނާކުރި އެވެ. އެ ޕްލާންޓަކީ އަދިވެސް ހިނގަމުން ދެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ސައިފަތް ބޭނުން ކުރާ ގައުމަކީ ތުރުކީ އެވެ. ތުރުކީގައި ދުވާލަކު 245 މިލިއަނަށް ވުރެ ގިނަ ސައި ތަށި ބޮއެވެ. ސައިފަތަށް ޓަކައި ތުރުކީއަކީ ސްޓްރެޓެޖިކް ގޮތުން މުހިންމު ގައުމެކެވެ.

ހިއްސާ ކުރައްވާ!