އިހުގެ ފޯނު ބޭނުން ކުރަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ލިބޭ ގޮތަށް ހަމަޖެހިއްޖެއެވެ. ބަލާ ބެލުމަށް އިހުގެ ލޭންޑް ލައިން ފޯނެކެވެ. ނަމަވެސް ސްމާޓްފޯނާ ބްލޫޓޫތުން ގުޅާލެވެއެވެ. މި އައު ވައްތަރުގެ ލޭންޑް ލައިޑްގައި ބޭނުންކުރާ ފޯނު ވަނީ މި އަހަރުގެ އެންމެ ހައިރާންކުރުވަނިވި ޓެކް އުފެއްދުންތަކުގެ ތެރޭގައި ހިމެނިފައެވެ. ފިޒިކަލް ފޯންސް ކުންފުނިގެ ބާނީ ކެޓް ގޯޓްޒް އުފެއްދި މި ފޯނަކީ ސްކްރީނަށް ބެލުން މަދުކޮށްދޭ ފޯނެކެވެ. މި ފޯނުން ވަޓްސްއެޕް، ފޭސްޓައިމް، އަދި އިންސްޓަގްރާމް ކޯލްތައް ކުރެވި ޖަވާބު ދެވެއެވެ.
މި ފޯނު 2025 ވަނަ އަހަރުގެ ޖުލައި މަހު އޮންލައިންކޮށް ލޯންޗުކުރި އިރު، ގޯޓްޒް ލަފާކުރީ މި ފޯނު ގަންނާނެ މާގިނަ ބަޔަކު ނުވާނެ ކަމަށެވެ. ނަމަވެސް، ފުރަތަމަ 72 ގަޑިއިރުގެ ތެރޭގައި އެ ފޯނުތައް ވިއްކައިގެން 120،000 ޔޫއެސް ޑޮލަރުގެ އާމްދަނީއެއް އޭނާ ހޯދިއެވެ.
![]()
އޭގެ ފަހުން، އޮކްޓޯބަރު މަހާ ހަމައަށް ވިއްކާފައިވާ އަދަދު ވަނީ 280،000 ޔޫއެސް ޑޮލަރަށް އަރާފައެވެ. މި ކާމިޔާބީއާ އެކު، މި ޕްރޮޖެކްޓަކީ ފުރިހަމަ ސްޓާޓަޕަކަށް ބަދަލުވެފައެވެ. މި ފޯނު 90 ޔޫއެސް ޑޮލަރާއި 110 ޔޫއެސް ޑޮލަރުގެ ދެމެދުގެ އަގުގައި ލިބެން ހުރެއެވެ. އަދި ކުރީގެ 5 ސްޓައިލަކަށް މި ފޯނު ލިބެން ހުންނާނެއެވެ.
ގޯޓްޒް ބުނަނީ މިހާރު މިވައްތަރުގެ ފޯނުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޝިޕްކުރުމަށްޓަކައި ގިނަ އަދަދަކަށް އުފައްދަމުންދާ ކަމަށެވެ.







