އިންޑިއާއިން ނިއުކްލިއަރ ހަކަތައިގެ ދާއިރާ އަމިއްލަ ފަރާތްތަކަށް ހުޅުވާލަނީ

އިންޑިއާގެ ނިއުކްލިއަރ ހަކަތައިގެ ދާއިރާގައި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހެދުމަށް އައު ގާނޫނެއް ހުށަހަޅައިފިއެވެ. އިއްޔެ ޕާލަމެންޓަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރުގެ ޝާންތީ ބިލް ފާސްވުމާއެކު ކުރިން ބޭނުން ކުރަމުން ދިޔަ ނިއުކްލިއަރ ހަކަތައާ ބެހޭ ދެ ގާނޫނެއް އުވާލެވޭނެއެވެ.

އިންޑިއާއިން ނިއުކްލިއަރ ހަކަތައިގެ ދާއިރާ އާންމު ވިޔަފާރިވެރިންނަށް ހުޅުވާލަނީ، އެގައުމުގައި މަބުއާއި ޑޭޓާ ސެންޓަރ ހެދުމަށް ބޭރުގެ އިންވެސްޓްމެންޓްތައް ތިޔާގިވެފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގައި ވެސް ބޮޑެތި ޓެކް ކުންފުނިތަކުން ދަނީ މަބު ސިސްޓަމްތަކަށް ބޭނުންވާ ކަރަންޓު ހޯދުމަށް އެހެން ގައުމުތަކުގއިވެސް އަމިއްލައަށް ނިއުކްލިއަރ އިންޖީނުގެތައް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑިއާގައި ޑޭޓާ ސެންޓަރުގެ ކެޕާސިޓީ މިއަހަރު 1.3 ގިނަވަޓުން 2030 ވަނަ އަހަރަށް 4.7 ގިގަވަޓްގެ އަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މި ތަންތަނަށް ހަކަތަ ބޭނުންވާނެއެވެ. ޑޭޓާ ސެންޓަރއަކީ ގިނައިން ހަކަތައާއި ފެން ބޭނުން ކުރާ ދާއިރާއެކެވެ.

ޝާންތީ ބިލްގެ މަގުސަދަކީ މިއަދު ނިއުކްލިއަރ ހަކަތަ އޮތް 9 ގިގަވަޓްއިން 100 ގިނަވަޓްއަށް ނިއުކްލިއާ ކެޕޭސިޓީ 2047 ވަނަ އަހަރުގެ ނިޔަލަށް އިތުރު ކުރުމުގެ އަމާޒެވެ. އަދި 2070 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ވިހަ ގޭސް ބޭނުންކުރާ މިންވަރު އެއްކޮށް ހުއްޓާލުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނީ މިފަދަ ވަސީލަތަކުންނެވެ.

India’s Nuclear Vision: The SHANTI Bill and a Path to Global Leadership

ހިއްސާ ކުރައްވާ!