ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދު ކުރައްވަނީ އެކަމުގެ ގިނަ ފައިދާތަކެއް ހުރުމުން: ރައީސް

"ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓްލާން ނިކުންނަ މީހުން އިތުުރުވެ އިންތިޚާބު މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ރައްޔިތުންގެ ބޮޑު ތާޢީދަކާއެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވާނެ،" ރައީސް

ދިވެހި ރައްޔިތުންނާއި ޤައުމަށް ގެއްލުންވާނެ ކަމެއްގައި އެ ރައްޔިތުންގެ ގާތުގައި ނާހާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ 'ދަ ގްރޭޓަރ އައްޑޫ ވިޝަން' ގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް މަންފާއެއް އޮތް ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ގާތަށް ނުދާނެ ކަމަށެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމަނިކުފާނު ތާޢީދު ކުރައްވަނީ އެކަމުގެ ގިނަ ފައިދާތަކެއް ހުރުމުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވާތާ އެންމެ ހަ މަސް ފަހުން މަޖިލީސް އިންތިޚާބު ބޭއްވުމުން އެކަމުގައި ޤައުމާއި ރައްޔިތުންނަށް އޮތީ ގެއްލުން ކަމަށެވެ. "ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓްލާން ނިކުންނަ މީހުން އިތުުރުވެ އިންތިޚާބު މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ރައްޔިތުންގެ ބޮޑު ތާޢީދަކާއެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވާނެ،" ރައީސް ވިދާޅުވި އެވެ. އަދި މި ބަދަލާއެކު ސަރުކާރަށް ފުރަތަމަކޮޅު ދިމާވި ފަދަ ދަތިތައް ކުރިމަތިކުރުވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

President Muizzu: Holding Two Elections on the Same Day Will Strengthen Mandates

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމުމުން މަޖިލީހުގައި އޮތް ބާރެއް ބޭނުންކޮށްގެން އެ ނިންމުމަށް ގޮންޖަހަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ޑިމޮކްރެސީގެ ހަމައެއް ވެސް ނޫން ކަމަށެވެ. އަދި ދެ އިންތިޚާބު އެއްކޮށްލަނީ ކަމަށް ބުނެ އެމްޑީޕީން ހަޤީޤަތް އޮޅުވާލަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މުޅީން ތަފާތު ދެ އިންތިޚާބު ކަމަށާއި އެ ދެ އިންތިޚާބު އެއް ނުކުރެވޭނެ ކަމަށެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙާމެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް އެ އިސްލާޙު ތަސްދީޤު ކުރައްވާނީ ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ އެވެ.

ހިއްސާ ކުރައްވާ!