ހުޅުމާލެ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދާއިރާގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގެ ތެރެއިން، ދާއިރާގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރައްޔިތުން ދެއްވާ އެއްބާރު ލެއްވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސަށް މަރުޙަބާވެސް ދަންނަވާފައެވެ.

ހިއްސާ ކުރައްވާ!