އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި ޓެރަރިސްޓް ހަރަކާތްތަކުގައި ސަރަހައްދީ އަރަބި އަޚު ގައުމުތަކުގެ ބިމާއި ވައިގެ ސަރަހައްދު ޣައިރު ގާނޫނީ ގޮތެއްގައި ބޭނުންކޮށްފައިވާތީ، އެކަމާ ދެކޮޅަށް އީރާނުން އދ. އަށް ރަސްމީކޮށް ޝަކުވާ ހުށަހަޅައިފިއެވެ. އީރާނުން ވަނީ 7 ސިޓީއެއްގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް މި ކަންކަމުުގެ ތަފްސީލީ މައުލޫމާތާއި ހެއްކާއެކު ހުށަހަޅާފައެވެ. މި 7 ސިޓީ ހަވާލު ކޮށްދެއްވީ އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސައީދު އިރަވާނީ އެވެ.
ސަފީރު އިރަވާނީ ފާހަގަކުރެއްވި ގޮތުގައި އެމެރިކާއަށް ވާގި ވެރިވާ އަރަބި އަޚުން ކަމަށްވާ ޖޯޑަން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހްރޭން، ސައުދީ އަރަބިއްޔާ، އޮމާން، ގަތަރު އަދި ކުވެއިތުގެ ވައިގެ ސަރަހައްދާއި ބިން، އީރާނާ ދެކޮޅަށް ހިންގި އުދުވާނުގައި ބޭނުންކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަސާސީ އުސޫލުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކެއް ކަމަށް އީރާނުން ސިފަކުރެއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އިރަވާނީ ވިދާޅުވީ، އަވަށްޓެރި ގައުމުތަކުން "ރަނގަޅު އަވަށްޓެރިކަމުގެ އުސޫލުތަކަށް އިހުތިރާމްކުރުމަށާއި"، އެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކޮށްގެން އީރާނާ ދެކޮޅަށް ހިންގާ އުދުވާނުތައް ހުއްޓުވުމަށް ގޮވާލާ ކަމަށެވެ. ވަކިން ޚާއްސަކޮށް ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދިން ހަމަލާގައި އަބްދުﷲ ރަސްގެފާނު ވެރިކަން ކުރައްވާ ޖޯޑަން ފަދަ ގައުމުތަކުގެ ވަސީލަތްތަކާއި ވައިގެ ސަރަހައްދު ބޭނުންކޮށްފައިވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އަބްދުﷲ އަކީ އިޒްރޭލުގެ މަދަދު ގާރެކެވެ. އީރާނުން ފޮނުވާ މިސައިލެއް ނަމަ އަބްދުﷲ އުފަލާއެކު ޖޯޑަން ހުރަސް ކުރިޔަ ނުދީ ވައްޓާލަ ދެއެވެ. އެއާ ޚިލާފަށް ޔަހޫދީން ފޮނުވާ މިސައިލް އުފަލާއެކު އޭނާގެ ވައިގެ ސަރަހައްދު ހުރަސްކޮށް ދިއުމަށް ހުއްދަ ދެއްވައެވެ.
މީގެ އިތުރުން، ސަރަހައްދީ ބައެއް ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ފުރައިގެން ދިޔަ ހަނގުރާމަމަތީ ބޯޓުތަކުން އީރާނުގެ ދެކުނުގެ ޕްރޮވިންސްތަކަށް ހަމަލާދީފައިވާ ކަން ވެސް އީރާނުން ވަނީ ސާބިތުކޮށްދީފައެވެ. އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ޓެރަރިސްޓް ހަމަލާތަކުގައި އީރާނުގެ އިމާމް އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އިސް ބައެއް އޮފިޝަލުން އަވަހާރަކޮށްލާފައިވާކަން ވެސ ްފާހަގަ ކޮށްފައި ވެއެވެ.
މުސްލިމު އުންމަތުގެ ހުރިހައި ގައުމަކުން ބައިވެރިވާ އޯއައިސީގައި ހިމެނޭ ގައުމުތަކުން އީރާންގެ އެންމެ އިސްލީޑަރު އަވާރަކޮށްލުމުން ބަޔާނެެއް ނުރެރުމާއި ކުށްވެރި ނުކުރުމަކީވެސް އީރާނުން ފާހަގަ ކޮށްފައިވާ ގޮތުގައި އަދާވާތްތެރި ޣަދަރުވެރި ސަހުޔޫނީ އަމަލެކެވެ.
އިރަވާނީ ވިދާޅުވީ، އަވަށްޓެރި ގައުމުތަކުގެ މިނިވަންކަމަށް އީރާނުން އިހުތިރާމްކުރާ ކަމަށެވެ. ނަމަވެސް އީރާނުގެ އިސްތިގުލާލާއި ސަރަހައްދުގެ އެއްބައިވަންތަކަން ހިމާޔަތްކުރުމަށްޓަކައި "އަމިއްލަ ދިފާއުގައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ ހައްގު އީރާނަށް ލިބިގެންވާ" ކަމަށެވެ. އީރާނުން ވަނީ އަރަބުި އަޚުން ހިމާޔަތް ދީފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ޖާސޫސީ އަދި އިގްތިސާދީ ތަންތަން ތަޅައި ސުންނާފަތި ކޮށްލާފައެވެ. މި ގައުމުތަކަކީ 8 އަހަރު ވަންދެން އީރާން ހަލާކު ކޮށްލުމަށް އިރާގަށް ފައިސާއާއި ހަތިޔާރު ދީގެން ހަނގުރާމަ ކުރުވި ގައުމުތަކެވެ.
އީރާނުން އެގައުމުގެ ދިފާއުގައި ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުގެ ސިފައިން ދަނީ ވަގުތުން ރައްދު ދެމުންނެވެ. އެގޮތުން އިސްރާއީލުން ހިފާފައިވާ ފަލަސްޠީނަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް އީރާނުން ދަނީ ކާމިޔާބު ކަމާއެކު ފޮނުވަމުންނެވެ.
17 ދުވަސް ވީރު ވަޢުދުއްޞާދިޤު 4 ގެ 54 ވަނަ މިސައިލް އޮއިވަރު މި ރޭ ވަނީ ފަށާފައެވެ.







