އިޒްރޭލުން ހިފާ ފަލަސްޓީނު ބިންތަކުގައި ޔަހޫދީން އާބާދުކޮށް ބަސްތީތައް ބިނާ ކުރުމާ ބެހޭ ސެޓްލްމަންޓް މިނިސްޓަރު އޮރިޓް ސްޓްރަކްގެ އަންހެން ދަރިފުޅު، ވަނީ އޭނާއަށް އޭނާގެ ބައްޕަ ޅަފަތުގައި ޖިންސީ ގޯނާ ކުރިކަމަށް ބުނެ އެކަން މީޑިއާއަށް ފާއްދާފައެވެ. މިހާރު އޭނާ ފެނިފައި ވަނީ މަރާލާފައި އޮތް ވައެވެ.
އުމުރުން 34 އަހަރުގެ ޝޯޝާނާ ސްޓްރަކް މަރާފައި އޮތްވައި ފެނުނީ އޭނާގެ ގޭ ތެރެއިންނެވެ، އިޒްރޭލުގެ ފުލުހުން މިހާރު ދަނީ ޝޯޝާނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ވަޒީރު އޮރިޓް ސްޓްރަކް ވަނީ ފޭސްބުކް މެދުވެރިކޮށް އޭނާގެ ދަރިފުޅު މަރުވިކަން ކަށަވަރުކޮށްދީ، އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ.
މަރުވި ޝޯޝާނާ ވަނީ މިދިޔަ އަހަރު އާންމުކުރި ވީޑިއޯއެއްގައި، އޭނާގެ ޅަފަތުގެ ދުވަސްވަރުން ފެށިގެން އޭނާގެ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބުނެފައެވެ. "އަހަރެންގެ އަތުގައި މިކަމުގެ ހެކި އެބަހުރި،" ކަމަށް ބުނެ އޭނާ ވަނީ ތަލް އަވީވްގެ ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަހެޅިއެވެ. އަދި އެއަށްފަހު، އޭނާއަށް އިންޒާރުތައް ލިބެމުންދާތީ ހިމާޔަތަށް އެދިފައިވާ ކަމަށްވެސް މީޑިއާއިން ބުނެއެވެ.
މި މައްސަލައިގެ ތަފްސީލުތައް އާންމުވިޔަ ނުދިނުމަށް އިޒްރޭލުގެ ކޯޓުތަކުން މަސައްކަތް ކޮށްފައި ވެއެވެ.
އިޒްރޭލަކީ ދުނިޔޭގައި އެންމެ ގިނައިން ވިއާގްރާ ބޭސް ބޭނުން ކުރާ ގައުމެވެ.
އަދި ދުނިޔޭގެ ޖިންސީ ޖަރީމާއެއް ހިންގުމަށްފަހު ކޮންމެ މީހަކުވެސް ފިލަން ދާން އޮންނަ ސުވަރުގެ ވެސް މެއެވެ.
މި ކުއްޖާގެ ބައްޕަ އޮރިޓް ސްޓްރަކް އަކީ އިޒްރޭލުގެ ހަރުކަށި ދީނީ ފިކުރުގެ ލީޑަރަކެވެ. އަދި އޭނާއަކީ އެންމެ ހަރުކަށި ޔަހޫދީ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗްގެ ޕާޓީގެ އިސް މެންބަރެކެވެ.








