"އިސްލާމީ ދުނިޔޭގައި އީރާނަށް ނިސްބަތް ނުވާ ނުވާ އިލްމުވެރިއަކު ފެނުމަކީ ނާދިރު ކަމެއް" އިބުނު ޚަލްދޫން

 "އިސްލާމީ ދުނިޔޭގައި އީރާނަށް ނިސްބަތް ނުވާ ނުވާ އިލްމުވެރިއަކު ފެނުމަކީ ނާދިރު ކަމެކެވެ. އަދި އީރާނަށް ނިސްބަތް ނުވާ އިލްމުވެރިއަކު ފެނުނަސް، އޭނާގެ އުސްތާޒު ވާނީ އީރާނު މީހަކަށެވެ." އިބްނު ޚަލްދޫން

އެމެރިކާއާއި ޔޫރަޕުން އީރާނާ ދެކޮޅަށް 47 އަހަރު ވަންދެން ދަތިކުރުމުގެ ފިޔަވަޅު އެޅިއެވެ. ނަމަވެސް، އީރާނުން އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އެޅީ އެންމެ 18 ދުވަސް ތެރޭގައެވެ. 18 ދުވަހުން އެމެރިކާ ބޯ ގޮވައިފިއެވެ.

ފެންނަ ފެނުމުގައި ޝައިތާނާގެ އަހުލުވެރިން "ބަދަލު ހިފުމުގެ" ސިޔާސަތެއް ގަބޫލެއް ނޫނެވެ.

އީރާން ވަނީ ތާރީޚުގައި ފަވާލެވިފައެވެ!

  • ދުނިޔޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ އެންމެ ކުރިއަރާފައިވާ އެފް 35ގެ ދެ މަތިންދާބޯޓަކަށް އެއް ދުވަސް ތެރޭ ހަމަލާދިން ގައުމަކީ އީރާނެވެ.
  • ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާ ނިކަމެތިކޮށް، އެމީހުންނަކީ އެއްވެސް ބާރެއް ނެތް، އެހީއަށް ސަލާންޖަހާ ބަޔަކަށް ހެދި ފުރަތަމަ ގައުމަކީ އީރާނެވެ.
  • ޔަހޫދީންގެ ދަނގަޑު ގުއްބަކީ ތޮރުފި އުލނދުޅިއެއްކަން ސާބިތުކޮށްދިން ފުރަތަމަ ގައުމަކީ އީރާނެވެ.
  • ބަލިކަށި އަރަބިން ސަލާމަތަށް އެދިގެން މެހުމާންދާރީ އަދާކުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސުންނާފަތިކޮށްލި ފުރަތަމަ ގައުމަކީ އީރާނެވެ.
  • އަމިއްލަ ބިމާއި، ދިދައާއި، ޖިއޮގްރަފީ ދިފާއުކުރުމުގައި މުޅި ދުނިޔޭގެ އިހުތިރާމް ހޯދީ އީރާނުންނެވެ.
  • މެދުއިރުމަތީގެ ހަގީގީ ސުޕަޕަވަރަކީ އިރާނެވެ.

އީރާނަކީ ހަމައެކަނި ގައުމެއް ނޫނެވެ.
އީރާނަކީ އިސްލާމީ ހަޟާރާއާއި ތަމައްދުންގެ މަރުކަޒެވެ.

އީރާނާ ބެހޭ ގޮތުން އިބްނު ޚަލްދޫން ވިދާޅުވެފައިވެއެވެ، "އިސްލާމީ ދުނިޔޭގައި އީރާނަށް ނިސްބަތް ނުވާ ނުވާ އިލްމުވެރިއަކު ފެނުމަކީ ނާދިރު ކަމެކެވެ. އަދި އީރާނަށް ނިސްބަތް ނުވާ އިލްމުވެރިއަކު ފެނުނަސް، އޭނާގެ އުސްތާޒު ވާނީ އީރާނު މީހަކަށެވެ."

އީރާނަކީ ހިސާބު އިލްމާއި، ސައިންސާއި، ހަނގުރާމަވެރިން އުފަންވި ގަދީމީ ހިކުމަތުގެ ބިމެކެވެ.
އީރާނުގެ ސިފައިންގެ އިސް ސަފުގައި ތިއްބެވީ ފަލްސަފާވެރިންނާއި، ސައިންސްވެރިންނާއި، ޑޮކްޓަރުންނާއި، ޅެންވެރިންނެވެ. އަދި ހަނގުރާމައިގެ ތަޖުރިބާ ހުރި ހަނގުރާމަވެރިންނެވެ.
އީރާން ރައްޔިތުން ވަނީ އެލެގްޒެންޑާ ދަ ގްރޭޓް، ޖެންގިޒް ޚާން، މޮންގޯލް ލަޝްކަރުތައް އަދި އުސްމާނީ ހަނގުރާމަތަކުގެ އިސްތިއުމާރު ދެކެފައެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ކޮންމެ ޒަމާނެއްގެ "ފިރުއައުނުންނާ" ދެކޮޅަށް ހަނގުރާމަކޮށް މަރުވުމަކީ އީރާނު މީހުން ދެކޭގޮތުގައި ޝަރަފެކެވެ.
ޓްރަމްޕާއި ނަތަންޔާހޫ ފަދަ ފިރުއަނުތައް ހީކުރީ އެމީހުންގެ "ގަނާކުރާ" ޓެރަރިސްޓް އުކުޅު ބޭނުންކޮށްގެން އީރާނާ ދެކޮޅަށް ފަސޭހަ މޮޅެއް ލިބިދާނެ ކަމަށެވެ. ނަމަވެސް އެއީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ.

އަހަރުތަކެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް، އީރާނު ވަނީ ތޫނުފިލިކަން މިނާ އައި.ކިއު ގެ ގޮތުން ދުނިޔޭގެ 4 ވަނަ ހޯދާފައެވެ.
އަންހެނުންގެ ލިޔަން ދަތުމުގައި އީރާނުން ވަނީ 99 އިންސައްތަ ހޯދާފައެވެ. މުޅި އީރާނުގައި ލިޔަމންކިޔަން ދަންނަ ނިސްބަތަކީ 94 އިންސައްތައެވެ.
އާބާދީގެ 80 އިންސައްތަ މީހުން މާސްޓާސް ނުވަތަ ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ  މީހުންނެވެ. އަދި އެ ގައުމުގެ ޕާލަމެންޓަކީ ޑޮކްޓަރުންނާއި އިލްމުވެރިން ހިމެނޭ މަޖިލީހެއް އޮތް ގައުމެކެވެ.
އީރާނަކީ ދުނިޔޭގައި އެންމެ ގިނަ އަންހެން ސައިންސްވެރިން، ޑޮކްޓަރުން އަދި ކުޅިވަރު ކުޅުންތެރިން ތިބި އެއް ގައުމެވެ.

އީރާނުގައި ޑޮކްޓަރުންގެ ތޭގައި އަންހެނުންގެ ނިސްބަތަކީ 60 އިންސައްތަ އެވެ.

އެޕްސްޓީން ގޭންގްގެ މީހުން ވެރިކަން ކުރާ އެމެރިކާގައި ޑޮކްޓަރުންގެ ތެރޭގައި އަންހެނުންގެ ނިސްބަތަކީ 30 އިންސައްތައެވެ!

ހިއްސާ ކުރައްވާ!