ސައޫދީ އިސްވެ އޮވެގެން ޚަލީޖުގެ ގައުމުތަކުން 2018 ވަނަ އަހަރު ޤަތަރު ހިސާރު ކޮށްލުމުން، އީރާނުން ވަގުތުން ޤަތަރަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އީރާނުން ވަނީ ހިސާރަ އުވާލުމަށްޓަކައި ކާބޯތަކެއްޗާއެކު މަތިންދާބޯޓުތަކާއި މުދާ އުފުލާ ބޯޓުފަހަރު ޤަތަރަށް ފޮނުވައި، ގަތަރު އެއާވޭސްގެ ފްލައިޓްތަކަށް އީރާނުގެ ވައިގެ ސަރަހައްދު ހުޅުވާލާފައެވެ.
މިއަދު، ގަތަރުން މި ހެޔޮކަމާއި އެހީތެރިކަމުގެ ބަދަލު ދެނީ ޚިޔާނާތާއި ޣަދަރު ވެރިކަމާއެކު ކަމަށް މީސްމީޑިއާގައި ބުނަމުން ދެއެވެ. އެމެރިކާއާއި އިސްރާއީލަށް އީރާނަށް ހަމަލާދިނުމަށްޓަކައި ގަތަރުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދެއެވެ. އެމެރިކާގެ މެދުަިރުމަތީގައި ހުރި އެންމެ ބޮޑު އަސްކަރީ މަރުކަޒު އަލްއުދައިދު އެމެރިކާގެ ޓެރަރިސްޓް ހަމަލަތައްދޭ ބޯޓުތަކަށް ތެޔޮއެޅުމަށް މަޑުކުރަން ހުއްދަ ދެއެވެ. ޤަތަރުން ވަނީ އަލްޖަޒީރާ އީރާނާ ދެކޮޅަށް އަނބުރާލާފައެވެ.

ހަނދާނާއި ތާރީޚުގެ ތެރެއިން: ސައުދީން ގަތަރު ހިސާރަ ކުރުމުން އީރާނުން ކުރި ކަންތައްތައް:
1. ވަގުތުން ފޯރުކޮށްދިން އެހީ: ކާބޯތަކެއްޗާއި ސާމާނު ފޮނުވުން
- ޤަތަރު ހިސާރަ ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން ވަނީ ކާބޯތަކެތި ބަރުކޮށްފައިވާ މަތިންދާބޯޓުތަކާއި އާގު ބޯޓުފަހަރު ގަތަރަށް ފޮނުވާފައެވެ.
މިކަން ވަރަށް މުހިންމު ކަމަކަށްވީ، މި މައްސަލަ ދިމާވުމުގެ ކުރިން ގަތަރަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑުބައެއް ފޯރުކޮށްދެމުން ދިޔައީ ސައުދީ އަރަބިއްޔާއިން ކަމަށްވާތީއެވެ.
2. ގަތަރު އެއާވޭސްއަށް ވައިގެ ސަރަހައްދު ހުޅުވާލުން
- ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ބަހްރޭނުން ޤަތަރުގެ ބޯޓުތަކަށް ވައިގެ ސަރަހައްދު ބަންދުކުރުމުން، އީރާނުން ވަނީ އެ ގައުމުގެ އުޑު ހުޅުވާލައި، ގަތަރު އެއާވޭސްގެ ބައިނަލްއަގުވާމީ ދަތުރުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީފައެވެ.
މީގެ ސަބަބުން ގަތަރުގެ އޭވިއޭޝަން ދާއިރާ އިނދަޖެހުމުން ސަލާމަތްވިއެވެ.
3. ތުރުކީގެ މުދާ އުފުލާ މަރުކަޒަކަށްވުން
- ތުރުކީގެ އުފެއްދުންތައް އީރާނުގެ ސަރަހައްދު ހުރަސްކޮށް ގަތަރަށް ފޯރުކޮށްދިނުމުގެ ހުއްދަ ވަގުތުން އީރާނުން ދިނެވެ.
މީގެ ސަބަބުން ސައުދީގެ އެއްގަމު މަގުގެ ބަދަލުގައި މުދާ ފޯރުކޮށްދޭނެ އާ މަގެއް އުފެދުނެވެ.
4. ވިޔަފާރި ބޮޑަށް ފުޅާކުރުން
- ސައުދީ ހިސާރަ ކުރި ފުރަތަމަ އަހަރުގެ ތެރޭގައި އީރާނާއި ގަތަރުގެ ވިޔަފާރި %137 އިތުރުވިއެވެ.
ސައުދީއާއި ޔޫއޭއީ އިން މުދާ ސަޕްލައި ކުރުން ހުއްޓުމުން އުފެދުނު ހުސްކަން ފޫބެއްދުމަށްޓަކައި އީރާނުން ގަތަރަށް ކުރާ އެކްސްޕޯޓް %140 އިތުރުވިއެވެ.





