ޖައުލާނީގެ ބާރު ކެނޑެނީ: ސޫރިޔާގެ ކުރީގެ ސިފައިން އަލުން ބާރުގަދަ ކުރަނީ

ސޫރިޔާގައި މިހާރު ހިނގަމުންދާ ބޮޑެތި ބަދަލުތަކާއެކު، އެ ގައުމުގެ ކުރީގެ ސިފައިން ކަމަށްވާ ސީރިއަން އަރަބް އާމީ އަލުން ބާރުގަދަކޮށް، ގައުމުގެ ކޮންޓްރޯލް ހޯދުމަށް ފަށާފައިވާ މަސައްކަތްތައް ވަރުގަދަ ކޮށްފިއެވެ. ސޫރިޔާގައި އާ އިންގިލާބެއް ފަށަން ތައްޔާރުވާ މި ދަނޑިވަޅުގައި، ކުރިން ފަހަތަށް ޖެހުނު ސިފައިން ދަނީ އަލުން އެނބުރި އަންނަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާ، އިސްރާއީލް އަދި އަރަބި ގަލްފްގެ ގައުމުތަކުގެ އެހީތެރިކަމާއެކު ބާރުވެރިކަން ހޯދާފައިވާ އައިއެސްގެ ކުރީގެ ކޮމާންޑަރު އަބޫ މުހައްމަދު އަލް ޖައުލާނީގެ ނުފޫޒު މިހާރު ދަނީ ފަނޑުވަމުންނެވެ. ޖައުލާނީގެ ވެރިކަން ނިމުމަކަށް އަންނަމުންދާ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް އިދިކޮޅު މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސޫރިޔާގެ ސިފައިންގެ ތެރޭގައި 6 ލައްކަ 50 ހާހަށް އަށްވުރެ ގިނަ ސިފައިން އެބަތިއްބެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސޫރިޔާގެ ސިފައިންނަކީ ބަލިވި ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އެމީހުން ވަގުތީ ގޮތުން އިރާގާއި ލުބުނާނުގެ ސަރަހައްދުތަކަށް ފެތުރިގެން ދިޔައީއެވެ. މިހާރު އެ ސިފައިން ދަނީ އަލުން ގައުމު ހޯދުމަށްޓަކައި ލަޝްކަރުތައް ރުކުރުވާލަމުންނެވެ.

މި ބަދަލުތަކާއެކު ސޫރިޔާގެ މަސްރަހު ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުވެގެންދާނެ ކަމަށް ބެލެވެއެވެ. އެ ގައުމުގެ ސިފައިން އަލުން ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތަކީ ސަރަހައްދަށް އަންނާނެ ބަދަލެއް ކަމަށް ބެލެވެއެވެ. އަނެއް ކޮޅުން އިރާގްގައި ތިބި އީރާނަށް ސަޕޯޓޫ ކުރާ ހަނގުރާމަވެރިންވެސް ދަނީ ޖައުލާނީގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

ހިއްސާ ކުރައްވާ!