މަގޭ ބަސް ނާހާ މީހެއްނަމަ އެމީހެއްގެ ކަށިތައް ފުނޑާލާން: ބައްޝާރުލް އަސަދުގެ އިންޒާރު

ސޫރިޔާގެ ކުރީގެ ނައިބު ރައީސް އަބްދުލްހަލީމް ޚައްދާމްގެ ހަނދާނާ ބެހޭ ގޮތުން ލިޔުނު ފޮތުގައި ބުނަނީ ރަފީގުލް ހަރީރީއަށް އިންޒާރު ދެމުން "މަގޭ ބަސް ނާހާ މީހެއްނަމަ އެމީހެއްގެ ކަށިތައް ފުނޑާލާން" ކަމަށް ބުނެ ބައްޝާރުލް އަސަދު އިންޒާރު ދިން ކަމަށެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބަޝާރު އަސަދާ ހަރީރީއާ ދެމެދު 2004 ވަނަ އަހަރުގެ ހޫނު މޫސުމުގައި ދިމިޝްޤުގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގެ ތަފުޞީލުތައް، ސޫރިޔާގެ ކުރީގެ ނައިބު ރައީސް ޢަބްދުލްޙަލީމް ޚުއްދާމްގެ ހަނދާންތަކުގެ މައްޗަށް އެކުލެވޭ ފޮތެއްގައި ގެނަސްދީފައި ވެއެވެ.

އެ ފޮތުގައިވާ ގޮތުން، 2004 ވަނަ އަހަރުގެ ޖުލައި މަހުގެ ހެނދުނުގެ ވަގުތެއްގައި ބަޝާރު އަސަދުވަނީ ޙަރީރީ ދިމިޝްޤަށް ހާޒިރުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ސޫރިޔާގެ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުން ކަމަށްވާ އަޒީޒީ ކަންޢާން އާއި ރުސްތުމް ޣަޒާލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގެ މައިގަނޑު މައްސަލައަކަށްވީ ލުބުނާނުގެ ރިޔާސީ އިންތިޚާބާއި އެ ޤައުމުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމެވެ.

ފޮތުގައި ބުނެފައިވާ ގޮތުން، އެ ބައްދަލުވުމުގައި ބަޝާރު އަސަދު ވަނީ ލުބުނާނުގެ ރައީސްކަމަށް އިމީލް ލަޙޫދު ނޫން އެހެން ފަރާތެއް ގެނައުމަށް މަސައްކަތް ނުކުރުމަށް ޙަރީރީއަށް އަންގަވާފައެވެ. އަދި އެ ކަމާ ދެކޮޅު ހަދާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ބަޝާރު ދެއްވި ކަމަށް އެ ފޮތުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ފެށުން ގުޅިފައިވަނީ 1998 ވަނަ އަހަރު ލުބުނާނުގެ ރައީސްކަމަށް އިމީލް ލަޙޫދު އިންތިޚާބުކުރެވުނު ހިސާބާ ކަމަށް ޚައްދާމް ފާހަގަކުރައްވާފައިވެއެވެ. އެ ދުވަސްވަރު ލުބުނާނުގެ ގިނަ ސިޔާސީ ލީޑަރުންނާއި، އޭގެ ތެރޭގައި ވަލީދު ޖުންބުލާޠާއި ރަފީޤު ޙަރީރީ ވެސް، ލަޙޫދު ރައީސްކަމަށް ގެނައުމާ ދެކޮޅު ހެއްދެވި ކަމަށް ވެއެވެ. ނަމަވެސް، ސޫރިޔާގެ ފަރާތުން އެކަމަށް މަޖުބޫރުކޮށް، އެ މަޤާމަށް ލަޙޫދު ގެނައީ ބަޝާރު އަސަދުގެ ބޭނުމެއްގެ ދަށުންނެވެ.

މި ހާދިސާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ގޯސްވެ، ފަހުން ރަފީޤު ޙަރީރީ އަވަހާރަކޮށްލެއްވުމާ ހަމައަށް ހިނގައި ދިޔަ ހާދިސާތައް ކިޔައި ދީފައި ވެއެވެ.

ހިއްސާ ކުރައްވާ!