ކުވެއިތުން ކަރަންޓު ކެނޑިއްޖެ

ކުވައިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ، ވޯޓާ އެންޑް ރިނިއުބަލް އެނާޖީން ހާމަކުރި ގޮތުގައި، އެ ގައުމުގެ ކަރަންޓު ފޮނުވައިދޭ ބައެއް ލައިންތަކަށް މައްސަލަޖެހި ކުވެއިތުން ކަރަންޓު ކެނޑިއްޖެއެވެ. އެ މިނިސްޓްރީން ކަށަވަރުކޮށްދިން ގޮތުގައި، މިކަން ދިމާވީ މިސައިލެއްގެ ބައެއް ގޮވައިގެން ބުރައިގެން ދިޔަ ބައެއް އެތިކޮޅުތަކުގެ ސަބަބުން ކަރަންޓު ފޮނުވައިދޭ 7 އޯވަހެޑް ލައިނެއްގައި ޖެހިގެން ނެވެ. އެ ލައިންތައް ވަނީ ހިދުމަތުން ބޭރުވެފައެވެ.

އެ މިނިސްޓްރީން ތަފްސީލުކޮށްދިން ގޮތުގައި، މި ހާދިސާއާ ގުޅިގެން ކަރަންޓު ކެނޑިފައި ވަނީ ބައެއް ސަރަހައްދުރތަކުންނެވެ. އަދި ވީ އެންމެ އަވަހަކަށް ޚިދުމަތް އަލުން އިއާދަކުރުމަށް ފަންނީ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަލާމަތީ ބާރުތަކާ ގުޅިގެން، ގެއްލުންވި ލައިންތައް މަރާމާތުކުރުމަށްޓަކައި އިމަޖެންސީ ޓީމުތަކުން މިހާރު ދަނީ ލިބިފައިވާ ގެއްލުންތައް ވަޒަންކުރަމުންނެވެ.

ކަރަންޓު ނެޓްވޯކް ހަމައަކަށް އަޅުވައި، ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި 24 ގަޑިއިރު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!