ކުވެއިތުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ފޮނުވާލި ހަމަލާއެއްގެ ބައިތައް ކުވެއިތުގެ ކަރަންޓު ވިއުގައަށް އަމާޒުވުމުގެ ސަބަބުން، އެ ގައުމުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު އަދިވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

މި ހާދިސާއާ ގުޅިގެން ކުވެއިތުގެ ބޮޑު ބައެއް ވަނީ އަނދިރިކަމުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންޓު ވިއުގައަށް ގެއްލުން ލިބުނީ ވައިގެ ދިފާއީ ނިޒާމުން ބޭނުންކުރި މިސައިލެއްގެ ބައިތައް ކަރަންޓު ފޮނުވައިދޭ ނިޒާމަށް އެރުމުގެ ސަބަބުންނެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާފައި ވެއެވެ. ކަމާބެހޭ ފަރާތްތަކުން އަންނަނީ ވިއުގައަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!