މަސްރަހު ފިނިކުރުމަށް އެހީތެރިވެދޭނަމަ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ ހަނގުރާމައާ ގުޅޭ ކޮންމެ ބައްދަލުވުމެއް ބޭއްވުމަށް ޤާހިރާ އޮތީ ތައްޔާރަށް ކަމަށް މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލްއާތީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަބްދުލްއާތީ ވިދާޅުވީ، އީރާނާއެކު މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި އިސްނެގުމަށް މިސްރުން ތާއީދުކުރާ ކަމަށެވެ.
އެމެރިކާގެ ރޭވުމާ މެދު އީރާނުން ދީފައިވާ ރައްދާ ގުޅޭގޮތުން އޭނާ ވިދާޅުވީ، "އަޅުގަނޑުމެން މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ، މިއީ މުޅިންވެސް ޑިޕްލޮމަސީ އާއި މަޝްވަރާއާ ބެހޭ ކަމެއް،" ކަމަށެވެ.







