އެމެރިކާގެ ސުލްހައިގެ މަޝްރޫއަކީ ހަނގުރާމަ ފުޅާކުރުމުގެ ނިޝާނެއް ކަމަށް އީރާނުން ދެކެއެވެ. އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ މަޝްރޫއާއެކު ސަރަހައްދަށް ސިފައިން އިތުރުކުރުމަކީ، ހަނގުރާމަ މަޑުޖައްސާލުމުގެ ބަދަލުގައި އެމެރިކާއިން ހަނގުރާމަ ފުޅާކުރަން ރާވަމުންދާ ކަމުގެ ނިޝާނެއް ކަމަށް އީރާނުން ދެކެއެވެ.
އެމެރިކާއިން ހުށަހެޅީ 15 ނުކުތާގެ މަޝްރޫއެކެވެ. އީރާނުން ހުށަހަޅާފައި ވަނީ ތިން ނުކުތާ ނުވަތަ ހަތަރު ނުކުތާގެ މަޝްރޫ އެކެވެ.

އެމެރިކާގެ ފަރާތުން ތަފާތު އެކި އިޝާރާތްތައް ލިބެމުންދާ ކަމަށާއި، ލިބެމުން ދަނީ އޮޅުންބޮޅުން ބޮޑު މެސެޖުތަކެކެވެ.
ސިފައިން ފޮނުވުމަކީ އެމެރިކާއިން ހަމަލާދިނުމަށް ވަގުތު ހޯދުމަށް ކުރާ ކަމަކަށް ވެދާނެ ކަމަށާއި، ނުވަތަ އެއީ މަޝްވަރާގެ މޭޒުމަތީގައި ބާރުގަދަ ކުރުމަށް ދައްކާލާ ބާރަކަށް ވެސް ވެދާނެ ކަމަށް މުހައްލިލުން ދެކެއެވެ.





