ސައުދީ އަރަބިއްޔާ ދިފާއު ކޮށްދެއްވާ ސުޕަރމޭނަކީ މިހާރު ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވަނީ ކުރިން އިއުލާނު ކުރެއްވުމަކާ ނުލައި ބުރާސްފަތި ދުވަހު ކުއްލިއަކަށް ސައޫދީ އަރަބިއްޔާއަށް ފައިބައި ވަޑައިގެންފައެވެ. މި ދަތުރުފުޅަކީ ސައުދީއަށް ޔޫކްރެއިންގެ ހަތިޔާރުގެ ޓެކްނޮލޮޖީ ވިއްކުމަށް އޭނާ ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޒެލެންސްކީ ސައުދީގެ "ވައިގެ ސަރަހައްދު ރައްކާތެރިކުރުމާ" ގުޅޭ ކަންކަމެވެ.

ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ، "ސައޫދީ އަރަބިއްޔާއަށް އާދެވިއްޖެ. މުހިންމު ބައްދަލުވުންތަކެއް ވަނީ ތާވަލުކުރެވިފައި،" ކަމަށެވެ. އަދި ޖިއްދާގެ އޮފިޝަލަކާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ޔުކްރެއިންގެ ޖޯކަރު ވަނީ ހިއްސާކުރައްވާފައެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ، ޔޫކްރެއިނަށް ގައުމުތަކުން ލިބޭ އެހީތެރިކަން ބަލައިގަންނަ ކަމަށާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޔޫކްރެއިނާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ގަލްފްގެ ގައުމުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!