އިޓަލީގެ ސިގޮނެއްލާ އެއަރ ބޭސް މެދުއިރުމަތީގެ އޮޕަރޭޝަންތަކަށް ބޭނުންކުރުމަށް އެމެރިކާއިން އެދުނު އެދުމަށް އިޓަލީން ދެކޮޅު ހަދައިފި އެވެ. އިޓަލީގެ ސިސިލީގައި ހުންނަ ސިގޮނެއްލާ އެއަރ ބޭސްއަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ޖެއްސުމަށްފަހު މެދުއިރުމައްޗަށް ދަތުރުކުރުމަށް އެމެރިކާއިން ކުރި އިލްތިމާސަށް އިޓަލީ ސަރުކާރުން ހުއްދަ ނުދީ ދެކޮޅު ހަދއިފިކަން ރޮއިޓާޒްއިން ކަށަވަރުކޮށްދެއެވެ.
އިޓަލީގެ ނޫހެއް ކަމަށްވާ "ކޮރިއޭރޭ ޑެލާ ސޭރާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ބައެއް ބޮންއަޅާ މަތިންދާބޯޓުތައް މެދުއިރުމައްޗަށް ދިއުމުގެ ކުރިން ސިސިލީގެ އިރުމަތީގައި އޮންނަ މި އެއަރ ބޭސްއަށް ޖެއްސުމަށް އޮތީ ރާވާފައެވެ. ނަމަވެސް އެ ބޯޓުތައް ޖެއްސުމަށް ހަމަޖެހިފައި އޮތީ ކޮން ތާރީޚެއްގައި ކަމެއް އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައުލޫމާތު ދިން މަސްދަރުން ބުނި ގޮތުގައި، މިކަމުގައި ކިތައް މަތިންދާބޯޓު ހިމެނޭކަމާއި، އިޓަލީން މި ހުއްދަ ނުދޭން ނިންމީ ސީދާ ކޮން އިރަކު ކަމެއް ސާފެއް ނޫނެވެ. އިޓަލީ ސަރުކާރުން މި ހުއްދަ ނުދިނީ، އެމެރިކާއިން އެދެންޖެހޭ ރަސްމީ އިޖުރާއަތްތަކުގެ ތެރެއިން ހުއްދައަށް އެދިފައި ނުވުމާއި، އިޓަލީގެ އަސްކަރީ އިސްވެރިންނާ މަޝްވަރާކޮށްފައި ނުވާތީ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، އިޓަލީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގައި އިޓަލީގެ ސިފައިންގެ ލަފަޔާއި ހުއްދަ ހޯދަންޖެހެއެވެ. މި މައްސަލައާ ގުޅިގެން އިޓަލީގެ ޑިފެންސް މިނިސްޓްރީން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިޓަލީގެ އަންހެން ބޮޑު ވަޒީރު ދެެއްކެވިފަދަ ހިތްވަރުގަދަ ފިޔަވަޅެއް ބޮޑު ބަސް ބުނެ އުޅޭ އަރަބިންނަށް ނުކުރެވުނެވެ. އެމެރިކާއިން ޓެރަރިސްޓް ސޮލީބީ ހަމަލަތަކަށް އަރަބި ގައުމުތައް ބޭނުން ކުރާއިރު އެކަމަށް ނޫނެކޭ ބުނާކަށް ނުކެެރެއެވެ.





