ރޯމް ކައިރީގައި ހުންނަ ވައިގެ ދިފާއީ މިސައިލް އުފައްދާ ކާރުޚާނާއެއްގައި ނުރައްކާތެރި ގޮވުމެއް

އިޓަލީގެ ވެރިރަށް ރޯމްގެ ކައިރީގައި ހުންނަ ވައިގެ ދިފާއީ ނިޒާމުތަކަށް ބޭނުންވާ މިސައިލް އުފައްދާ ޞިނާޢީ ކާރުޚާނާއެއްގައި ވަރުގަދަ ގޮވުމެއް ހިނގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ތަޙުޤީޤު ހިންގަމުންނެވެ.

ހާދިސާ ހިނގާފައިވާ ސަރަޙައްދަށް ސަލާމަތީ ބާރުތަކާއި ސިފައިން ވަނީ ވަގުތުން ގޮސްފައެވެ.  މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!