ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ "ރައްޔިތުންގެ ބޮޑު ހިނގާލުން" މިއަދު ހަވީރު 4:00 ގައި އެ ޕާޓީގެ މައި ޖަގަހަ ކުރިމަތިން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޕީއެންސީން ވަނީ ވީހާވެސް ގިނަ ސަޕޯޓަރުން މި ހިނގާލުމުގައި ބައިވެރިވުމަށް ގޮވާލާފައެވެ.
މި ހިނގާލުމުގައި ޕީއެންސީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ހިންގާ ޕާޓީން މި ހިނގާލުން އިންތިޒާމު ކުރަނީ ހޮނިހިރު ދުވަހު ބާއްވާ ތިން ވޯޓުގެ ކެމްޕޭން ނިންމާލުމުގެ ގޮތުންނެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ޕީއެންސީންނެވެ.
ވޭތުވެދިޔަ ދެ މަސްދުވަހު ޕީއެންސީން ވަނީ ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އިންތިޚާބަކާ ނުަލއިވެސް އެންމެ ގިޮނަ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ ޕީއެންސީންނެވެ.



