47 އަހަރު ވަންދެން ކުރި ޕްރޮޕަގަންޑާ 5 ހަފުތާގެ ތެރޭގައި ފުނޑުފުނޑުވެއްޖެ

އިސްލާމީ އީރާނާ ދެކޮޅަށް 47 އަހަރު ވަންދެން ސޮލީބީންނާއި ސަހުޔޫނީންނާއި ވައްހާބީން ކުރި ޕްރޮޕަގަންޑާ 5 ހަފުތާގެ ތެރޭގައި ފުނޑުފުނޑުވެއްޖެއެވެ.

ޓްރަމްޕާއި، ހެގްސެތާއި، ޔޫރަޕްގައި އެބައި މީހުންގެ ކާބަފައިން ޖަނަވާރުންނެކޭ އެއްފަދައިން މަގުމައްޗަށް ބޮޑުކަމުދިޔުމަށްފަހު ގަސްގަހާގެހީގެ ފަތުން ފުރަގަސް ފޮހެލައިގެން ތިބި ދުވަސްވަރު، އީރާނު މީހުން ދިޔައީ ބޮޑެތި އެމްޕަޔަރުތަކާއި، ޕާރްސީޕޮލިސްގެ ބޮޑެތި ގަނޑުވަރުތަކާއި ބިމުގެ އަޑީގެ ފެން ހިންދާ ކާރިޒް ނިޒާމުތަކާއި ވައިން ފިނިކުރާ ބާގްދީރު ނިޒާމުތަކާއި ވައިން ހަކަތަ އުފައްދާ އަސްބާދު ފަދަ "ޕާޝިއަން ވިންޑްމިލް" ގެ އިންޖިނިއަރިންގްގެ މުއުޖިޒާތްތައް ބިނާކުރަމުންނެވެ.

ފެބްރުއަރީ 28 އިން ފެށިގެން ސޮލީބީ ސަހުޔޫނީ ހަނގުރާމައާއެކު ދުނިޔެއަށް އަސްލު އީރާނު ފެނިގެން ގޮސްފައި ވެއެވެ.

  • ދުނިޔެއަށް މިހާރު އެނގިގެން ދިޔައީ، ދުނިޔޭގެ މީހުން ބިރުގަންނަންޖެހޭ އަދި ނަފުރަތުކުރަންޖެހޭ "ލާއިންސާނީ ރެޖީމަކީ" އެޕްސްޓީން ރެޖީމް ކަމެވެ.
  • ދުނިޔެއަށް މިހާރު އެނގިގެން ދިޔައީ، އެމެރިކާއިން ސިފަކުރި "މޮޔަ މުައްލާ އިންނަކީ" ތައުލީމީ، ބުއްދިވެރި، އަދި ހަމަޖެހޭ ޑަބަލް ޑިގްރީއާއި ޕީއެޗްޑީ ނަގައިގެން ތިބި ބައެއް ކަމެވެ. ނަމަވެސް އީރާނުގެ ދުޝްމަން އެމެރިކާ ވެރިންނަކީ ޝަޙުވާނީ އެދުމަށް ހުސްވެފައިޥާ ބޮލުގައި ބުއްދިއެއް ނެތް މޮޔައިން ތަކެއް ކަމެވެ.
  • ދުނިޔެ އަށް އެނގިގެން ދިޔައީ، އެމެރިކާގެ އެއްވެސް އިދާރާއަކުން ނެރޭ ބަޔާންތަކަށް ވުރެން އީރާނުން ނެރޭ ބަޔާންތައް އިތުބާރު ބޮޑުވެފައި ސައްހަ ކަމެވެ.
  • ދުނިޔެއަށް އެނގިގެން ދިޔައީ، އީރާނުގައި އޮތީ ސިފައިންނާއި އިލްމުވެރިން ހިމެނޭ ސަރުކާރެއް ކަމެވެ. އެއީ ތައުލީމީ ގޮތުން މާތީ ފާސް ނަގާފައިވާ، ވާހަކަދެއްކުމުގެ ހުނަރު ލިބިގެންވާ ބާޒާރު މަތީ ބަހުރުވަ  ބޭނުން ނުކުރާ އަދަބުވެރި، ހިތްހެޔޮ އަދި މަޖާ މިޒާޖުގެ ބަޔއް ކަމެވެ. އެއާ ޚިލާފަށް އެމެރިކާގެ ރައީސުންފެށިގެން ދެންތިބި އެންމެނާ ހަމައަށް ސޮލީބީ ދުޝްމަނުންގެ ވެރިންނަކީ: ވާހަކަދައްކަން ނޭނގޭ، އަދަބެއް ސަދަބެއް ނެތް، މޮޔަ ގޮތް ކުޑަ އަދަބުކުޑަ ބަޔެއް ކަމެވެ.

އީރާނަށް ބޮން އަޅާއިރު ކޮންމެ ރެއަކު ވެސް މިލިއަނުން މީހުން ބޭރަށް ނުކުމެ، ގައުމާއި އަވަށްޓެރިންނަށް އޮތް ލޯތްބާއި ވަފާތެރިކަން ދައްކަމުން ދެއެވެ.

އީރާނުގެ ސިފައިން އަހުލާގީ މިންގަނޑުތަކުގެ ތެރެއިން ހަނގުރާމަކުރަމުން ފުރާނަ ގުރުބާންކުރެއެވެ. އެއާ ޚިލާފަށް ެމެރިކާ ސިފައިން 30،000 ފޫޓު މަތިން ރައްކާތެރިކަމާއެކު ފިލައި ތިބެ ޅަ އަންހެން ކުދިން ކިޔަވާ މިނާބް ސްކޫލަށާއި އެހެން މަދަރްސާތަކަށާއި ޔުނިވާސިޓީތަކަށާއި ލެބޯޓްރީތަކަށާއި ހޮސްޕިޓަލްތަކަށާއި، އެމްބިއުލާންސްތަކަށް، އަދި ގެދޮރަށް ބޮން އަޅައެވެ. އަދި އެކަމަށްޓަކައި އެމީހުންނަށް "ހިތްވަރުގަދަކަމުގެ" މެޑަލް ލިބެއެވެ. އަދި އެމީހުންގެ ރައީސް އެ ޖަރީމާތަކަށް ފަޚުރުވެރިވެއެވެ.

އީރާނަކީ 7 ހާސް އަހަރެއްގެ ތާރީޚާއި ހަޟާރީ ސަގާފަތެއް އޮތް ގައުމެކެވެ.

އެމެރިކާއަކީ 250 އަހަރުގެ މާޒީއެއް އޮތް ގައުމެވެ. އެއިން 230 އަހަރު ހޭދަ ކޮށްފައި ވަނީ އަވަށްޓެރިންނާއި ދުނިޔެއަށް ނުހޮރޮއްޕާން ކުރުމުގައެވެ.

  • އީރާނަކީ ލިޔަންކިޔަން ދަންނަ މީހުން ގިނަ ގައުމެކެވެ.
  • ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއް އޮތް ގައުމެކެވެ.
  • އަދި އެމެރިކާއާއި އިސްރާއީލުގެ ޓްރިލިއަން ޑޮލަރުގެ އަބު ބޮޑު ހަތިޔާރަށް ވުރެން މޮޅު ހަތިޔާރު މާ ހެޔޮ އަގުގައި އުފެއްދުމުގެ ގާބިލުކަން ހުރި ގައުމެކެވެ.
  • އީރާނަކީ އަމިއްލައަށް ތަރައްގީކޮށްފައިވާ ސިނާއަތްތަކާއި ކުރިއަރާފައިވާ އިންފްރާސްޓްރަކްޗަރ އެއް އޮތް ގައުމެކެވެ.
  • އެމެރިކާއާއި ސަހުޔޫނީން އީރާނަށް އަމާޒު ކުރަނީ އެތަންތަން ސުންނާފަތި ކޮށްލުމަށްޓަކައެވެ.
  • އީރާނަކީ ދެވުނު އެންމެ މައްޗަކަށް ޕްރެޝަރު ދިނުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކުވެސް، 93 މިލިއަން ރައްޔިތުންނަށާއި އަފްޣާން އަދި އިރާގު ރެފިއުޖީންނަށް ހިލޭ ސިއްހީ ހިދުމަތް ދިން ގައުމެވެ.
  • ހިލޭ ތައުލީމު ދޭ ގައުމެވެ. ފަގީރުކަން ކުޑަ ކުރުމަށް މަސައްކަތް ކުރުމާއެކު އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގައުމެކެވެ.
  • އެމެރިކާއަށް މިއިން އެއްވެސް ކަމެއް އީރާނާ ގާތަކަށްވެސް ނުކުރެވެއެވެ.

އީރާނަށް ބޮން އަޅައި ހޮހަޅައިގައި އުޅުނު ޒަމާނަށް އީރާނު ގެންދާނެ ކަމަށް ބުނި ޖާހިލުންނަކީ ދުނިޔޭގެ ތާރީޚަށް ރޯފިލާ ތިބި ބަޔެއް ނޫނެވެ. މުތަރުޖިމް

ހިއްސާ ކުރައްވާ!