ރައީސް މުޢިއްޒު ވޯޓު ދެއްވައިފި

ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ވޯޓާއި އތމ ކޮމިޓީގެ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ މިއަދު ކުރިއަށްދާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޯޓުލައްވާފައިވަނީ ތާޖުއްދީން ސުކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ވޯޓު ދެއްވުމަށް ރައީސް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި ދަރިކަނބަލުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށިގެން ކުރިއަށްދާ މި ވޯޓުލުމުގައި ރައީސްގެ ދެކަނބަލުން ވެސް ވަނީ ވޯޓު ދެއްވާފައެވެ.

ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ،

"ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް، މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކުރަން،" ކަމަށެވެ.

މީގެ އިތުރުން ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ނުކުތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ

 

ހިއްސާ ކުރައްވާ!