މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ މެދު ދާއިރާގެ އިންތިޚާބުގައި ވާދަކުރައްވައި، ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ކެންޑިޑޭޓް އަހުމަދު ސަނީޙް އެ ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ޕީއެންސީން ކަށަވަރުކުރީ ވަރަށް ވާދަވެރި ނަތީޖާއަކަށް ފަހުގައެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން އަހުމަދު ސަނީޙް އަށް ލިބިފައިވަނީ ޖުމްލަ 912 ވޯޓެވެ.
ސަނީޙާ އެންމެ ގާތުން ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަހުމަދު ޒާހިރުއެވެ.
ސަފާތަށް ލިބިފައިވަނީ 903 ވޯޓެވެ.
މީގެ އިތުރުން މި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިފައިވަނީ 188 ވޯޓެވެ.



