އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ވ ަފްދުގައި ޚާރިޖީ ވަޒީރާއި ޕާލަމެންޓްގެ ރައީސް.
ވަފްދުގައި އިސްކޮށް ހުންނަވާ ޑރ. މުޙައްމަދު ބާޤިރު ޤާލީބާފް:
އިސްލާމްއާބާދުގައި މަޗްވަރާ ކުރައްވާ އީރާނުގެ އިސް މަންދޫބަކީ އުމުރުން 64 އަހަރުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފެވެ.
އޭނާއަކީ ތެހެރާންގެ ކުރީގެ މޭޔަރެވެ. އަދި ޒުވާން ދުވަސްވަރު ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އޭނާއަކީ ޓީޗިން ޔުނިވާސިޓީން ޕޮލިޓިކަލް ޖިއޮގްރަފީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ފަހަކަށް އައިސް އީރާނުން ބޭރުގައި މަގުބޫލުވެފައިވަނީ އެކްސްގައި ކުރައްވާ ފާޅުކަން ބޮޑު އަދި އެމެރިކާއަށާއި ތްރަމްޕަށް މަލާމާތުގެ ޕޯސްޓްތަކުގެ ސަބަބުންނެވެ.
އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ ތެރޭގައި، "ތެޔޮ އަގުބޮޑުވުމުގެ ސަބަބުން ކެއުން ދޫކޮށްލަން ޖެހިފައިވާ" އެމެރިކާގެ އާންމުންނަށް ކުރެއްވި އިލްތިމާސްތަކާއި،
އެމެރިކާއިން އިސްކަންދެނީ އިސްރާއީލަށްކަން ހާމަކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރޫތް ސޯޝަލް ޕޯސްޓްތަކުގެ ވައްޓަފާޅިއަށް ކުރައްވާފައިވާ ޕޯސްޓްތައް ހިމެނެއެވެ.
2005 އިން 2017 އަށް ތެހެރާންގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ޤާލީބާފް ވަނީ ބައިނަލްއަގުވާމީ ގުޅުންތަކަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމް ފަދަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ލަންޑަންގެ "ދަ ޓައިމްސް" ނޫހަށް އޭނާ ވިދާޅުވެފައިވެއެވެ:
"ހުޅަނގުން އީރާނާމެދު ގެންގުޅޭ ސިޔާސަތު ބަދަލުކޮށް އީރާނަށް އިތުބާރު ކުރުމަށް އަޅުގަނޑު އެދެން. އަދި މަޝްވަރާގެ ތެރެއިން ކަންކަން ހައްލުކުރުމުގެ ރޫހެއް އީރާނުގައި އޮތްކަމުގެ ޔަގީންކަން އަރުވަން."
އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައެވެ. އެއީ 2005، 2013، 2017 އަދި 2024 ގައެވެ.
ވިކިލީކްސްއިން އާންމުކުރި ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، މުޖްތަބާ ޚާމަނާއީ ޤާލީބާފްގެ ރިޔާސީ ކެމްޕޭނަށް ތާއީދުކުރާ ކަމަށް އެމެރިކާގެ ޑިޕްލޮމޭޓުން ގަބޫލުކުރިއެވެ. ނަމަވެސް، އިންތިޚާބުތަކުން އޭނާއަށް ކާމިޔާބީއެއް ނުލިބެއެވެ.






