PressTV
PressTV

އުސްއަލިތައް: ދެ ވަފްދު ބައްދަލު ކުރުމަށްފަހު މިހާރު ކުރިއަށް ދަނީ ލިޔުމުން އެއްބަޔަކު އަނެއް ބަޔަކާ މަޝްވަރާ ކުރުން

އީރާނާއި ޓެރަރިޒަމަށް ވާގިވެރިވާ އެމެރިކާގެ ވަފްދުން އިސްލާމްއާބާދުގައ ސިޔާސދީ ފެންވަރުގައި ބައްދަލު ކުރުމަށް ފަހު ފަންނީ ފަރާތްތަކާ އެކު މަޝްވަރާތައް ފަށައިފިއެވެ.

ފުރަތަމަ ބުރުގެ މަޝްވަރާތަކަކީ ސިޔާސީ ފެންވަރުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކެވެ.

މިހާރު ކުރިއަށްދަނީ ލިޔުމުން މެސެޖުތައް ބަދަލުކުރުމުގެ މަރުހަލާއެވެ.

މި މަރުހަލާގައި ފަންނީ މާހިރުން ހިމެނެއެވެ. އޭގެ ތެރޭގައި އީރާންގެ ވަފްދުގައި ހިމެނޭ ނިއުކްލިއަރ އަދި އިގްތިސާދީ މާލީދާއިރާތަކާއި ސްޓްރެޓިކް އަދި އަސްކަރީ ދާއިރާތަކުެގ ތަޖުރިބާކާރުން ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، މަޝްވަރާތައް ފަށާފައިވާތާ އެތައް ގަޑިއިރެއް ވެއްޖެއެވެ. 

މައުލޫމާތު ހުރި މަސްދަރަކުން އީރާން މީޑިއާއަށް އަށް ކިޔައިދިން ގޮތުގައި، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ސީރިއަސް ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.

ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ލިޔުމުން މެސެޖު ބަދަލުކޮށްގެން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދެވޭނެއެވެ.

މި ރޭގެ ވާހަކަތަކުން މާނަ ހުރި ނަތީޖާއެއް ނެރެވޭ ކަމަށް ބެލެވޭ ނަމަ އިތުރަށް އިސްލާމްއާބާދުގައި މަޑުކުރަން އީރާން ވަފްދުން ނިންމާނެއެވެ. އަދި ރަނގަޅަށް ދަނީ ނަމަ މަޝްވަރާ ނިންމަން ދެ ދުވަސް ނަގާނެއެވެ. ނޫންނަމަ ވަގުތު ބޭކާރުކުރަން އީރާން ވަފްދުން ނުތިބޭނެއެވެ.

މ،ިއަދުގެ ވާހަކަތަކުން މިހާތަނަށް ލިބުނު އެންމެ މުހިންމު ވާހަކައަކީ މައުލޫމާތު ހުރި ދެ މަސްދަރަކާ ހަވާލާދީ ޔޫކޭގެ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ވާހަކައެވެ. އެއީ ހުރުމުޒު ކަނޑުއޮޅި އެމެރިކާއާ ގުޅިގެން އީރާނުން އެތަން ބެލެހެއްޓުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމެވެ. އީރާނުން ވަނީ ސާފު ބަހުން އެކަމަށް އިންކާރުކޮށްފައި ކަމަށް ފައިނޭންޝަލް ޓަައިމްސްއިން ބުނެއެވެ

"އަސްލު ހަގީގަތަކީ، އެމެރިކާއަށް ސީރިއަސް ޑިޕްލޮމެސީއެއް ކުރިއަކަށް ނުގެންދެވޭނެއެވެ؛ އެމީހުންގެ ބޮޑާކަމާއި ހުރިހާ ކަމެއް ކޮންޓްރޯލްކުރުމުގެ ސިޔާސަތުގެ ސަބަބުން، އެހެން ގައުމުތަކުގެ މަސްލަހަތުތަކާއި ކަންބޮޑުވުންތަކަށް ކުޑަވެސް އަޅާލުމެއް ނުވަތަ ދޫދިނުމެއް ދެއްކުމަކީ އެމީހުންނަށް ނުހަނު އުނދަގޫ ކަމެކެވެ." މަޝްވަރާތަކަށް އަހުލުވެރި ޕާކިސްތާން ޑިޕްލޮމެޓަކާ ހަވާލާދީ އީރާން މީޑިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!