ބަދަލާއެކު ބައެއް އިރާދާތަކުގެ ބެލެނިވެރި ފަރާތް ކަނޑައަޅުއްވައިފި

މިނިސްޓްރީތަކަށް ގެންނެވި ބަދަލާއެކު ބައެއް އިރާދާތަކުގެ ބެލެނިވެރި ފަރާތް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ބެލެނިވެރިކަން ބަދަލުކުރެއްވި އިދާރާތަކާއި، ގެންނެވި ބަދަލުތައް:
1. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "ނޭޝަނަލް ކެރިއަރސް ސަރވިސް"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.
2. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އާއި، "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"އާއި، "މޯލްޑިވްސް ޕޮލިޓެކްނިކް"، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރެއްވުން.
3. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ"އާއި، "ޢާއިލާތަކާއި ކުޑަކުދީންނަށް ޚިދުމަތްދޭ މަރުކަޒުތައް"އާއި، "އަމާންހިޔާތައް"އާއި، "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު"އާއި، "އިސްރަށްވެހިންގެ ނާދީތައް"އާއި، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް"އާއި، އެ ސަރވިސްގެ ދަށުން ހިނގަމުންދިޔަ "ފިޔަވަތި"އާއި "އަމާންވެށިތައް"، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ދަށަށް ބަދަލުކުރެއްވުން.
4. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދިޔަ، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވުން.
5. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން"އާއި، "ޤައުމީ ކުތުބުޚާނާ"އާއި، "ޤައުމީ އަރުޝީފު"އާއި، "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް"އާއި، އެ ސެންޓަރުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް އާޓް ގެލެރީ"، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެއްވުން.
6. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް"އާއި "މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް"، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށަށް ބަދަލުކުރެއްވުން.

ހިއްސާ ކުރައްވާ!