އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާގެ ގިނަ ރައްޔިތުންނަށް އަސާސީ ތަކެތި ގަތުމަށް ދަތިވެއްޖެއެވެ. އެމެރިކާގެ ބޮޑު ރިސާޗް ފާމަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގިނަ ބަޔަކު ދަނީ ނަޖިސް ފުހޭ ކަރުދާސް ފަދަ ޒަރޫރީ ތަކެތި ގަތުން މަދުކުރަމުންނެވެ.
މި ސާވޭގައި ބައިވެރިވި މީހުން ބުނި ގޮތުގައި، މި ހަނގުރާމައަކީ ބޭކާރު ކަމެއް ކަމަށާއި، މީގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސް އާންމު ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް ވަނީ ގޮސްފައެވެ. އެމެރިކާގެ ރައްޔިތުން މިފަދަ ދަތި ހާލެއްގައި އުޅެމުންދާއިރު، އެމެރިކާ ސަރުކާރުން ދަނީ އެގައުމުން ގެންގުޅޭ ޖެނޮސައިޑް ޕްރޮކްސީ ޔަހޫދީ ރެޖީމުން ކުރަމުންދާ ހަނގުރާމައަށް ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދިރާސާއިން ހާމަވި ގޮތުގައި، ކޮންމެ ތިން މީހަކުން އެކަކު ވަނީ އަގުހެޔޮ ބްރޭންޑްތަކުގެ ޓޮއިލެޓް ޕޭޕަރު ބޭނުންކުރަން ފަށާފައެވެ. ނުވަތަ ގުއި ފުހޭ މިންވަރު މަދުކޮށްފައެވެ. މީގެ އިތުރުން ސައިބޯނި، ޖެލް، ޕެޑް އަދި ސާފުތާހިރުވުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ވެސް އިގްތިސާދުކޮށްގެން ބޭނުންކުރަން ޖެހިފައިވާ ކަމަށް ގިނަ ބަޔަކު ރިޕޯޓްކޮށްފައިވެއެވެ.
ތެލުގެ އަގު މިހާރު ވަނީ ލީޓަރަކަށް 5 އެމެރިކާ ޑޮލަރާ ގާތްކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން މުދާ އުފުލުމުގެ އަގު ބޮޑުވެ، ކާބޯތަކެއްޗާއި އާންމު ހިދުމަތްތަކުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ގިނަ އާއިލާތަކުން މިހާރު ދަނީ ސިއްހީ އެޕޮއިންޓްމަންޓްތައް ކެންސަލްކޮށް، ކްރެޑިޓް ކާޑަށް ބަރޯސާވެގެން އަސާސީ ބޭނުންތައް ފުއްދަމުންނެވެ.
އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، ތެލުގެ އަގު ދަށްނުވެއްޖެ ނަމަ ކުރިއަށް އޮތް މަސްތަކުގައި އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ދަށްވެގެންދާނެއެވެ. ސާވޭގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އާންމު ރައްޔިތުން މިފަދަ އިގްތިސާދީ ކާރިސާއަކުން ސަލާމަތްކޮށްދިނުމަށް ނުކުޅެދިފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ.





