ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު އަދި ކުރީގެ މެންބަރު މުޙައްމަދު ރާމިޒް އަވަހާރަވެއްޖެ. ރައީސްގެ ތައުޒިޔާ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވެއްޖެއެވެ.

މުޙައްމަދު ރާމިޒަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި، ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން" ކަމަށެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!