މުސްލިމް ފަތުރުވެރިންނަށް ފަސޭހައިން ބޭނުންކުރެވޭނެ ނަމާދުކުރާ ކޮޓަރިއެއް ޖަޕާނުން އުފައްދައިފި

ޖަޕާނުގެ އޮކަޔާމާ ޕްރިފެކްޗާގެ ސޯޖާގައި ހުންނަ ކުންފުންޏަކުން، މުސްލިމް ފަތުރުވެރިންނާއި މުވައްޒަފުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށްޓަކައި، ފަސޭހައިން ރާވާލެވޭ ކުޑަ ނަމާދުކުރާ ކޮޓަރިއެއް ތައާރަފްކޮށްފިއެވެ.

"ޕްރޭޔާ ސްޕޭސް" ގެ ނަމުން ނަންދީފައިވާ މި އުފެއްދުމަކީ ވެލްފެއާ ސާމާނު އުފައްދާ ކުންފުންޏެއް ކަމަށްވާ އޯ.އެމް ކިކީ ކޯގެ މުވައްޒަފަކު ތައާރަފްކުރި ޚިޔާލެކެވެ. މި ޚިޔާލު އޭނާއަށް އައީ މެލޭޝިއާގެ މުސްލިމް ރަހުމަތްތެރިއަކާއެކު އެ ސަރަހައްދުގައި ދަތުރުކުރިއިރު، ނަމާދުކުރާނެ ތަނެއް ހޯދުމަށް އޭނާގެ ރަހުމަތްތެރިޔާއަށް ދިމާވި ދަތިތައް ފެނުމަށްފަހުގައެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ވިއްކަން ފަށާފައިވާ މި ނަމާދުކުރާ ކޮޓަރިއަކީ ލަކުޑިން ހަދާފައިވާ، 180 ސެންޓިމީޓަރުގެ އުސްމިނާއި 150 ސެންޓިމީޓަރު އަކަފޫޓުގެ ސަރަހައްދެއް ހިމެނޭ އޮނިގަނޑެކެވެ. މުސްލިމުން ނަމާދުކުރުމުގެ ކުރިން ވުޟޫކުރަން ޖެހޭތީ، މި ތަނުގެ ތަޅުމުގައި ފެން ނުހިފާ އަދި ފަސޭހައިން ސާފުކުރެވޭނެ މެޓެއް ވަނީ އަޅާފައެވެ. މީގެ އިތުރުން، ސީލިންގުގައި ހަރުކޮށްފައިވާ ގިބުލަ ދައްކައިދޭ ނިޝާން ބޭނުންވާ ގޮތަކަށް އަނބުރާލެވެއެވެ.

ޖަޕާނަށް ޒިޔާރަތްކޮށްފައިވާ މުސްލިމުންގެ މެދުގައި ކުރެވުނު ސާވޭއަކުން ދައްކާގޮތުގައި، ދަތުރުކުރާ މަންޒިލްތަކުގައި ނަމާދުކުރާނެ ތަނެއް ހުރިތޯ ބެލުމަކީ އެމީހުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. ސާވޭގައި ބައިވެރިވި 107 މީހުންގެ ތެރެއިން 72 އިންސައްތަ ފިރިހެނުންނާއި 79 އިންސައްތަ އަންހެނުން ވަނީ އެއީ މުހިންމު ކަމެއް ކަމަށް ބުނެފައެވެ.

މި އުފެއްދުން ތައާރަފްކުރި މުވައްޒަފު ބުނިގޮތުގައި، ނަމާދުކުރާނެ ތަނެއް ހުރުމަކީ ދަތުރުކުރާނެ މަންޒިލެއް އިޚްތިޔާރު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. "އަޅުގަނޑުގެ އުންމީދަކީ މީހުންނަށް އާންމުކޮށް ނަމާދުކުރެވޭ ފަދަ ތަންތަން އިތުރުކޮށް، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަކަން ހޯދައިދިނުން،" އޭނާ ބުންޏެވެ.

Japan to Subsidize Muslim, Vegetarian Visitor Accommodations

މި މަޝްރޫއުގެ މަގްސަދަކީ އޮކަޔާމާއިން ފެށިގެން ޖަޕާނުގެ އެކި ސަރަހައްދުތަކަކީ މުސްލިމުންނަށް މަސައްކަތްކުރުމާއި ދަތުރުފަތުރުކުރުމުގައި ފަސޭހަ މާހައުލަކަށް ހެދުމެވެ.

ޣަައްޒާ ހަނގުރާމައާއި ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ކާފަރުން ކަންބޮޑުވާ މިންވަރަށް އިސްލާމް ދީނު ފެތުރި އިސްލާމް ދީނުގެ މަގްބޫލުކަން ދަނީ އިތުރު ވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ފްރާންސްގައި ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 400 މީހުން އިސްލާމް ދީނަށް ވަންނަމުން ދެއެވެ. އަދި އިންޑިއާގައިވެސް އަހަރަކު 30 ހާސް މީހުން  އިސްލާމް ވެއެވެ. އެއާ ޚިލާފަށް އިންޑިއާގައި އަހަރަކު 30ހަކަށް މީހުން މުރުތައްދު ވެއެވެ.

ދެކުނު ކޮރެއާގައި އޮންނަ އޭޕެކް ސަމިޓްގައި ހަލާލު ކާނާއަށް ސަމާލުކަން ދޭނެ

ހިއްސާ ކުރައްވާ!