ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓެއް ނަގަން އުޅޭތީބާ އަބްދުއްރަހީމު އެކަމަށް މިބާރު އަޅުއްވަނީ؟

"ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން މާބޮޑު ކަމެއް ނުކުރާ ކަމަށާއި، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބިގެން އެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގަރާރުގައި ސޮއިކުރާނެ މެންބަރަކު މަޖިލީހަށް ބޭނުން ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ދީފައިވަނީ ރައީސްގެ ވެރިކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރަން ފުރުސަތު ދިނުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިދިކޮޅު އެމްޑީޕީން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، "ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" މިހެންނެވެ.

މީގެ އިތުރުން، އައްޑޫގެ ކުރީގެ މޭޔަރު ސޯބެއަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވަނީ މާޒީގައި އައްޑޫގެ މުއައްސަސާތަކުގައި ހުޅުޖެހި ހާދިސާއަށް އިޝާރާތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އަގުހުރި ލިޔެކިޔުންތަކާއި ރަޖިސްޓްރީތަކުގައި ހުޅުޖެހުމުގެ އަޑީގައި ހުރި މޭސްތިރިއަކު މަޖިލީހަށް ފޮނުވަން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.

އަބްދުއްރަހީމު މިކަން ފާހަގަ ކުރެއްވިއިރު އެއްވެސް ސަރުކާރަކުން މިކަން ތަހުގީގުކޮށްފައެއް ނުވެއެވެ، އަދި މިކަމަށް ކޮމިޝަނެއް ހަދައިގެން ބަލާފައެއްވެސް ނުވެއެވެ. އަދި މިފަދަ ކަމެއް އަލުން ތަކުރާރު ވިޔަ ނުދިނުމަށް ގައުމީ ފެންވަރުގައި ސިޔާސަތެއްވެސް އެކުލަވާލާފައެއް ނުވެއެވެ!

ޕީއެންސީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ ސޯބެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޝިޔާމް ވިދާޅުވީ ސޯބެ މޭޔަރުކަމުގައާއި ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އިރު އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، އޭގެ ފުރިހަމަ ޒިންމާ އޭނާ ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި ސޯބެ މަޖިލީހަށް ނުކުންނެވީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށްވުރެ ބޮޑަށް ސިޔާސީ ބޭނުމެއްގައި ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ގޮނޑި ހުސްވީ ކުރިން އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏަކާ ގުޅިގެން ބަރާބަރަށް ފައިސާ ނުދެއްކުމާ  ގުޅިގެންނެވެ.

ރައްޔިތުން ހައްލަން ރައްޔިތުން ވާވައްދަން ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ކުރިއެރުމެއް ތިބޭފުޅުންނަކަށް ނޯންނާނެ. ރައްޔިތުން ތިބީ ތިބޭފުޅުންނާ އެކީގައެއް ނޫން. ރައްޔިތުން ތިބީ ޑރ. މުޢިއްޒާ އެކީގަ. މި ސަރުކާރާ އެކީގަ. ޕީއެންސީއާ އެކީގަ" އަބްދުއްރަހީމް އަބްދުﷲ

ހިއްސާ ކުރައްވާ!