ފޮޓޯ: ވިލިނގިލި ކައުންސިލް
ފޮޓޯ: ވިލިނގިލި ކައުންސިލް

އިމާމް އަބްދުއްރަހީމް

މިއަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގއ. ވިލިނގިއްޔަށް ވަޑައިގެން، އެ ރަށުގެ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދު ކުރައްވައިފިއެވެ. މަޖިލީހުގެ ރައީސް މި ދަތުރުފުޅަކީ ވިލިނގިލީ ކައުންސިލުގެ ދަޢުވަތަކަށް، އެ ރަށުގެ ރައްޔިތުންނާއެކު ޢީދުގެ އުފާ ފާޅުކުރުމަށާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ޢީދު ނަމާދަށްފަހު، ނަމާދުގެ ޖަމާޢަތުގައި ބައިވެރިވި މީހުންނާ ސަލާމްކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ވިލިނގިލީގެ ޢީދު ހަރަކާތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މި ހަރަކާތްތައް ފެށިގެން ދިޔައީ އެ ރަށުގައި އޮތް ފޯރިގަދަ ޢީދު މަޅީގެ ހަރަކާތްތަކާއެކުގައެވެ.

ދައުލަތުގެ އިސްވެރިއެއްގެ ހައިސިއްޔަތުން އަބްދުއްރަހީމް ރަށެއްގެ ޢީދު ނަމާދުގައި އިމާމުވެވަޑައިގެންނެވިއިރު، މީގެ ކުރިން ލ. ފޮނަދޫގައި ވެސް އެމަނިކުފާނު ވަނީ ހުކުރު އިމާމުވެވަޑައިގެން ކުރައްވާފައެވެ.

ޢީދު ނަމާދަށްފަހު ކުރިއަށްދިޔަ ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ޚާއްޞަ ހަރަކާތުގައި ވެސް މަޖިލީހުގެ ރައީސް ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، އެ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އުޟުހިޔާ ކަތިލުމުގެ ހަރަކާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ.

ވިލިނގިލީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އިއްޔެ އެމަނިކުފާނު ކޫއްޑޫ އެއާޕޯޓަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ހިއްސާ ކުރައްވާ!