ސައޫދީ ޢަރަބިއްޔާގެ އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އިން އިޢުލާނުކުރި ގޮތުގައި، ނިމިދިޔަ މޭ މަހުގެ ތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ސަރުކާރު މުވައްޒަފުންގެ ޖުމްލަ 160 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އިންސްޕެކްޝަން ދަތުރުތަކާއި، ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގުތަކަށްފަހު، ޖިނާއީ އަދި އިދާރީ މައްސަލަތަކެއް ބަލަން ފެށުމަށް ފަހުގައެވެ.
ވޭތުވެދިޔަ މަހު ނަޒާހާއިން ވަނީ ސައޫދީގެ އެކި ކޮޅުތަކުގައި 2،365 އިންސްޕެކްޝަން ދަތުރު ކޮށްފައެވެ. މީގެ އިތުރުން ޙައްޖު މޫސުމާ ދިމާކޮށް މުޤައްދަސް ބިންތަކާއި ހައްޖާޖީންނަށް ޚިދުމަތްދޭ ތަންތަނުގައި ގާތްގަނޑަކަށް 15،000 އިންސްޕެކްޝަން ދަތުރު ކޮށްފައިވެއެވެ.
ނަޒާހާއިން ބުނި ގޮތުގައި، "މި އިންސްޕެކްޝަން ދަތުރުތަކުގެ ނަތީޖާއެއްގެ ގޮތުން، ތުހުމަތުކުރެވޭ 480 މުވައްޒަފެއްގެ މައްސަލަ ތަހުގީގުކުރެވި، އޭގެ ތެރެއިން 160 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. ހައްޔަރުކުރެވުނު ބައެއް މީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައިވެއެވެ."
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ:
- މިނިސްޓްރީ އޮފް މުނިސިޕަލްޓީޒް އެންޑް ހައުސިންގް
- މިނިސްޓްރީ އޮފް އެޑިއުކޭޝަން
- މިނިސްޓްރީ އޮފް ހެލްތު
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އާއި ދީނަށް ގޮވާލުން
- ޒަކާތާއި ޓެކްސް އާއި ކަސްޓަމްސް އިދާރާ
މި މީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތު ހިފުމާއި މަޤާމުގެ ނުފޫޒު ބޭނުންކުރުން ހިމެނެއެވެ.





