ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލެއް: މަސައްކަތްތައް ކޮމާންޑްތަކަކަށް ބަހާލައިފި

ދިވެހި ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތްތަކުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް މިއަދުން ފެށިގެން ގެނެސްފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، އާ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، އެ ތަނުގެ މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމާއި ހިންގުމުގެ ސިޔާސަތުތައް ބަދަލުކޮށް، އާ އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

މި ބަދަލާއެކު ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ހާއްސަ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކޮށްފައެވެ.

އާ އޮނިގަނޑުގެ ދަށުން ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތައް:

  • އޮފީސް އޮފް ދަ ކޮމިޝަނާ
  • ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
  • ޕްރޮފެޝަނަލް ސްޓެންޑާޑްސް
  • ނޭޝަނަލް އިންޓެލިޖެންސް ސާވިސް
  • އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  • ފޮރެންސިކް ސާވިސަސް
  • ސެންޓްރަލް އިންވެސްޓިގޭޝަންސް
  • ޕޮލިސް
  • ހުޅުމާލޭ ޕޮލިސް
  • ނޮދަން ޕޮލިސް
  • ސަދަން ޕޮލިސް
  • ސާވިސް ޑިވެލޮޕްމަންޓް
  • ސާވިސް ސަޕޯޓް
  • ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

ފުލުހުން ބުނި ގޮތުގައި، މި އޮނިގަނޑު މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައި ވަނީ އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމެވެ.

ހިއްސާ ކުރައްވާ!